10 Oct 2017, 23:49
ސްޕައިންގެ ކިބައިން މިނިވަންވުމަށް އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ކެތަލޯނިއާއިން ވޯޓުނަގައި ވަރަށް ފުރިހަމަ ޢަގުލަބިއްޔަތަކުން އެ ސްޓޭޓްގެ ރައްޔިތުން އާއެކޭ ބުނުމަށްފަހު، މިނިވަންކަން އިއުލާން ކުރުން މަޑުޖައްސައިލައިފިއެވެ.
ކެތަލޯނިއާގެ މިނިވަންކަމުގެ ލީޑަރު ކާލެސް ޕުދްއެމޯންޓު ވިދާޅުވީ ސްޕޭންއާ ކެތަލޯނިއާ އާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ބައިނަލްވާމީ ގައުމުތަކުން މެދުވެރިއެއްގެ ރޯލު އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އަދި ސްޕޭނާ މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސްޕޭންގެ ކިވައިން މިނިވަންވުމަށް ކެތަލޯނިއާގެ ރައްޔިތުން އެމީހުންގެ ދިދަ ވިހުރުވަނީ---
ކެތަލޯނިއާގެ ޕާލިމަންޓުގައި ވާހަކަ ދައްކަވަމުން ކާލެސް ވިދާޅުވީ ރައްޔިތުންގެ ވޯޓުގެ ފުރިހަމަ އަޢުލަބިއްޔަތާއެކު ކެތަލޯނިއާ މިނިވަން ދައުލަތަކަށްވުމުގެ ހައްގު ފުރިހަމަވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ ވިސްނުމާއެކު އެމަނިކުފާނުގެ އަމާޒު ހުރީ ކެތަލޯނިއާ މިނިވަން ދައުލަތަކަށް ހެދުމަށް ކަމަށެވެ.
ކެތަލޯނިއާ އިން މިނިވަންކަން އިއުލާން ކުރުމަށް މިރޭ ތައްޔާރުވިއިރު ސްޕެއިންގެ ސިފައިން ވަނީ އެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ފޮނުވައި އަދި އެއާޕޯޓުތަކުގައި ވެސް ސިފައިން ރުކުރުވާލައިފައެވެ.
މިނިވަންކަން އިއުލާން ކުރުމަށް ބޭއްވި ރިފަރަންޑަމް ޔޫރަޕިއަން ޔޫނިއަންގެ އިއްތިހާދުން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.