ޕީޕީއެމްގެ ކައުންސިލަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރޭން ތިން މެމްބަރެއް މިއަދު އިންތިހާބުކޮށްފި އެވެ.

ކައުންސިލަށް އިންތިހާބު ކޮށްފައި ވަނީ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އެވެ.

އެ ތިން މެމްބަރުން ކައުންސިލަށް އައްޔަންކޮށްފައި ވަނީ މީގެ ކުރިން ޕީޕީއެމް ކައުންސިލުގައި ތިބި ބައެއް މަޖިލިސް މެމްބަރުން ޕާޓީ ދޫކޮށް ދިއުމުން ހުސްވެފައިވާ މަގާމުތަަށެވެ.

މީގެ ކުރިން ޕާޓީގެ ކައުންސިލުގައި ތިއްބެވި މެމްބަރުންގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. އެދެބޭފުޅުން ވެސް އިދިކޮޅާ ގުޅިވަޑައިގެން ހިސާބުން ވަނީ ޕާޓީގެ ކައުންސިލުން ވަކިކޮށްފަ އެވެ.

އަދި އިލްހާމް ވަނީ މިހާރު ޕާޓީން ވެސް ވަކިކޮށްފަ އެވެ.