10 Oct 2017, 11:46
މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އިތުރު ސްޓޭޓް މިނިސްޓަރަކު ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރައްވައިފި އެވެ.
ރައީސް ތައުލީމީ ވުޒާރާއަށް އައްޔަން ކުރައްވާފައި ވަނީ ހއ. ދިއްދޫ ކިނބިގަސްދޮށުގޭ މުހައްމަދު ޝާކިރު އެވެ.
ޝާކިރު ސްޓޭޓް މިނިސްޓަރަކަށް ހަމަަޖެއްސެވި އިރު އޭނާ މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
ޝާކިރުގެ އިތުރުން މިހާރު ވެސް އެ އިދާރަގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.