10 Oct 2017, 08:27
މަސައްކަތް ކުރަނީ އަމިއްލަ ކުރިއެރުމަށް ކަމަށާއި ވަކި އެކްޓަރަކާ ވާދައަށް މަސައްކަތް ނުކުރާ ކަމަށް އެކްޓަރު ވަރުން ދަވާން ބުނެފި އެވެ.
ވަރުން މިހެން ބުނެފައި ވަނީ އޭނާ ކުރި ޓުވީޓެއްގައެވެ. ވަރުން ހުރީ އެންމެ ފަހުން ރިލީޒް ކުރި އޭނާގެ ފިލްމު 'ޖުޅްވާ 2' ގެ ކާމިޔާބާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
ވަރުން އާއި އެންމެ ބޮޑަށް އަޅާކިޔަނީ އޭނާ އާއެކު ފިލްމީ ކެރިއަރު ފެށި ސިދާރްތު މަލޯތުރާ އާއެވެ. ދެމީހުން ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު ކާމިޔާބު ގިނަ މަސައްކަތް ކޮށްފައި ވަނީ ވަރުން އެވެ.
ވަރުން ބުނީ 'ޖުޅްވާ 2' ކާމިޔާބު ވުމުން ވަރަށް އުފަލުން ހުރި ކަމަށާއި އެހެން ނަމަވެސް އެއްވެސް އޭނާ އަކީ ވަކި މީހަކަށް ވުރެ ކުރި ހޯދަން މަސައްކަތް ކުރާ މީހެއް ނޫން ކަމަށެވެ.
އާޓިސްޓުންގެ ގޮތުގައި އެންމެން ވެސް މަސައްކަތް ކުރަނީ އޯޑިއެންސަށް ކަމުދާ ކަހަލަ ފިލްމުތައް ގެނެސްދިނުމަށް ކަމަށާއި، އޭނާ ވެސް މަސައްކަތް ކުރަނީ އެ އަމާޒު ހާސިލުކުރުމަށް ކަމަށެވެ.
ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޝޫޖިތު ސިރްކާރުގެ ފިލްމު 'އޮކްޓޯބަރ' އިންނެވެ.