އަށާރަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ. މާފުއްޓާއި އަނަންތަރާއާ ދެމެދަށް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ދަނީ ކ ގުރައިދޫއިން ފުރައިގެން ވެލައްސަރު ރިސޯޓަށް ދަތުރުކުރި ލޯންޗެއް ކަމަށެވެ. ލޯންޗުގައި 18 ދިވެހިން ތިބިކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗް އަޑިއަށްދަނީ ކ. މާފުށީ ކައިރީ ތިލަޔަކަށް އަރައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.