31 Jul 2011, 15:39
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އިސްލާމިކް ފައުންޑޭޝަން )އައިއެފްއެމް( އިން ޓީވީ ޗެނަލްއެއް އުފެއްދުމުގެ ހުދައަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން )އެމްބީސީ(ގައި އެދިއްޖެ އެވެ.
ސެއިހް އިބްރާހިމް ފަރީދު އިސްކޮށްއުޅުއްވާ އެ ޖަމްއިއްޔާއިން މި މަހުގެ 19 ވަނަ ދުވަހު އެމްބީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ "ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހަކަމާއި އެކު ބަލާލެވޭނެ ގޮތަށް، އިސްލާމްދީން ހުއްދަކުރާ އުސޫލުތަކާއި މިންގަނޑުގެ ތެރޭގައި މުނިފޫހިފުލިވުމާއި ދީނީ އިޖްތިމާއީ އަދި އަހްލާގީ ކަންކަމުގެ އިތުރުން ޖުމްލަކޮށް ހުރިހާ ކަމެއްވެސް އެކުލެވޭ ޓީވީ ޗެނަލެއް" ރާއްޖޭގައި ބުރޮޑްކާސްޓް ކުރުމުގެ ލައިސަންސް ހޯދުމަށެވެ.
އެ ޖަމްއިއްޔާގެ ސިޓީއަށް ބުރޯޑްކާސްޓިން ކޮމިޝަނުން މި މަހުގެ 20 ވަނަ ދުވަހު ވަނީ ޖަވާބު ދީފަ އެވެ. އެ ކޮމިޝަނުން އިސްލާމިކް ފައުންޑޭޝަނަށް އަންގާފައިވަނީ "ބްރޮޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހު ކުރަމުން އަންނާތީ އެ ގަވާއިދު އިސްލާހު ކުރިހާ އަވަހަކަށް ބުރާޑްކާސްޓިން ލައިސަންސް ދިނުމުގެ ފުރުސަތު ހުޅުވާލާނެ" ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަން އިން އެކަމާއި ގުޅޭގޮތުން އެއްޗެއް ބުނާކަށް ބޭނުމެއްނުވެ އެވެ.