ރ. މަޑުއްވަރީގައި ތަފާތު އެކި ދުވަސްމަތިން ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް އެރަށު ކޯޓުން ހުކުމް ކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ ރ. މަޑުއްވަރީ ތުނޑި، މުހައްމަދު އާދަމްގެ މައްޗަށެވެ.

ކުޑަކުދިންނަށް ޖިންސީ ޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މުހައްމަދު އާދަމްގެ މައްޗަށް އުފުލާފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ އަށް މުހައްމަދު އާދަމް އިންކާރު ކުރިނަމަވެސް، އޭނާގެ އިއުތިރާފުން އެގެން ހުރި ކަންތައްތަކަށާއި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރާއިރު އެ ދައުވާ ސާބިތުވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެ ހުކުމްގައިވާގޮތުން 2013 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސް މަތިން އޭނާ ވަނީ ދޮންދަރިއަކަށް އެކިޒާތުގެ ޖިންސި ގޯނާ ކޮށްފައެވެ.