ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު ގެ ޝޫޓިން ނިންމާލައިފި އެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓޫ ކޮށްފައިވާ އެ ފިލްމުގެ ޝޫޓިން ނިންމާލައިފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ. ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފައި ވަނީ އަބީޝެކް ކުރި ޕޯސްޓެއްގަ އެވެ.

ސުޝާންތު އާއި ސާރާއާ އެކު ނަގައިފައިވާ ފޮޓޯ އަކާ އެކު އަބީޝެކް ބުނެފައި ވަނީ ފިލްމުގެ ޝޫޓިން އަށް މުމްބާއީ ދޫކޮށް ދިޔައީ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައި ކަމަށާއި، ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ. 'ކޭދަރްނާތު' އަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.