ހއ. ހޯރަފުއްޓަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހޯރަފުއްޓަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރީ އިއްޔެ މެންދުރުފަހު ކަމަށެވެ. އެ އޮފިޝަލު އަދި ވިދާޅުވީ މަސްތުވާތަކެތި ފެނިފައިވަނީ ބޯޓު ތެރެއިން ކަމަށެވެ. ނަމަވެސް އެއީ ކިތަށް ޕެކެޓް ކަމެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.