14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމުގައި ވިސްނާވަޑައިގަންނަވަންޖެހޭ ޤާނޫނީ ނުކުތާ ތަކެއް އެބަހުރި ކަމަށް ބަންޑާރަ ނައިބު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


މި ވަގުތު މެލޭޝިއާގައި ހުންނެވި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، ބަންޑާރަ ނައިބު އެ ގޮތަށް ލަފާ ދެއްވާފައި ވާތީ، ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ޤާނޫނާއި އެ ނޫން ވެސް ޤާނޫނެއް ނުވަތަ ޤަވައިދަކާ ޚިލާފަށް ޢަމަލު ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.


ގުއަންޓަނާމޯބޭ ޖަލުން ދެ ޤައިދީ އަކު ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާ ތައް މިހާރު ވެސް ކުރިޔަށްދާ ކަމަށާ ހަމަ އެއާ އެކު ޤާނޫނީ ގޮތުން އިތުރަށް ބައްލަވަންޖެހޭ ކަންތައްތައް ވެސް ބައްލަވަމުން ގެންދަވާ ކަމަށް ޒުހޭރު ވިދާޅުވި އެވެ.