05 Oct 2017, 22:42
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ފެން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ "ވޯޓާރ ކަޕް 2017" މިރޭ ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އެމްޑަބްލިއުއެސްސީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

އެމްޑަބްލިއުއެސްސީގެ "ވޯޓާރ ކަޕް 2017" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ
މުބާރާތް ފެށުމުގެ ގޮތުން މިރޭ ވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓުގެ ޓީމަކާއި ފެން ކްލަބުގެ އޮފިޝަލުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

އެމްޑަބްލިއުއެސްސީގެ "ވޯޓާރ ކަޕް 2017" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ
ފެން ކުންފުނީގެ ހަތް ޑިވިޝަނަކުން ޖުމުލަ 20 ޓީމު ވާދަކުރާ މި މުބާރާތުގެ މަގުސަދަކީ، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލަކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.