އެލައިޑް އިންޝުއަރެންސުން މިދިޔަ މަހުގެެ 23 ވަނަ ދުވަހު ގެސްޓްހައުސްތަކަށް ހާއްސަކޮށްގެންފެށި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ފ. ނިލަންދޫގެ "ނިލަންދެ އިން" ގެސްޓްހައުސް ހޮވިއްޖެއެވެ.

އެލައިޑް އިންޝުއަރެންސުން ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ތައާރަފްކުރި އެ ޕްރޮމޯޝަނަކީ، އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް އިން ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީއެއް ނަގައިގެން ލަންޑަނުގައި އޮންނަ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ފެއާއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކަމަށް އެލައިޑް އިންޝުއަރެންސުން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ދަށުން ހޮވާ ނަސީބުވެރިޔަކަށް ލަންޑަންގެ ރިޓާން ޓިކެޓް، ޑަބްލިއުޓީއެމް ފެއާގެ ރެޖިސްޓްރޭޝަން، ގެޓްއަވޭސްގެ ފަރާތުން ލަންޑަންގައި ގައިޑެންސް ދިނުން އަދި 2100 ޑޮލަރު ވެސް ދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑް އިންޝުއަރެންސްއިން ގެސްޓްހައުސްތަކަށް ހާއްސަކޮށްގެންފެށި ޕްރޮމޯޝަން ގައި ހޮވުނު ފ.ނިލަންދޫގެ "ނިލަންދެ އިން" ގެސްޓްހައުސް -- ފޭސްބުކް

"ނިލަންދެ އިން" އަކީ މިދިޔަ ސެޕްޓެންބަރު މަހު ގެ 28 ވަނަ ދުވަހު ހުޅުވާފައިވާ ނުވަ ކޮޓަރީގެ ގެސްޓްހައުސްއެކެވެ. އަދި އެ ގެސްޓްހައުސްގެ ފަރާތުން ބުނީ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުން ވެގެންދިޔައީ ލިބިގެންދިޔަ ސަޕްރައިޒަކަށް ކަމަށެވެ.