05 Oct 2017, 11:36
މަސަކައްކަތްތެރިންގެ މެދުގައި މުޅި ދުނިޔޭގެ އިތުބާރު ހޯދާފައިވާ މެޓާބޯގެ އުފެއްދުންތައް ވެލިގާ ހާޑްވެއާ އިން މި މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ތައާރަފްކޮށް، ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފެށައިފި އެވެ.
އޮކްޓޯބަރުގެ ނިޔަލަށް ކުރިޔަށް ދާ އެ ޕްރޮމޯޝަންގައި ކުރައްވާ މެޓާބޯގެ ކޮންމެ 1000ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް 100 ރުފިޔާގެ މެޓާބޯ އެހެނިހެން ސާމާނު ލިބޭ އިރު ކުރައްވާ ކޮންމެ 10،000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް 1000 ރުފިޔާގެ މެޓާބޯ އިތުރު ސާމާނު ލިބިވަޑައިގަންނަވާނެ ކަމަށް ވެލިގާ ހާޑްވެއާއިން ބުންޏެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައި ތިން އިނާމެއް ދޭގޮތަށް ނިންމާފައިވާ ކަމަށް އެ ހާޑްވެއާ އިން ބުންޏެވެ.
ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް 15000 ރުފިޔާގެ ވައުޗަރެއް، ދެވަނަ ފަރާތަކަށް 10000 ރުފިޔާގެ ވައުޗަރެއް އަދި ތިން ވަނަ ފަރާތަކަށް 5000 ރުފިޔާގެ ވައުޗަރެއް ހުށައަޅާފައިވާ ކަމަށް ވެލިގާ ހާޑްވެއާއިން ބުންޏެވެ. އެ ވައުޗަރުތައް ބޭނުން ކޮށްގެން ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ވައުޗަރުގެ އަދަދަށް ތަކެތި ނެގޭނެކަމަށް އެ ހާޑްވެއާއިން ބުންޏެވެ.
ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާއަށް 10 އަހަރު އަންނަ އަހަރު ފުރޭއިރު، މިހާތަނަށް ވަނީ މާލެ، ހުޅުމާލެއާ އެކޮށް ފަސް ފިހާރައެއް ހުޅުވައި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ ކޮލިޓީ އުފެއްދުންތަކެއް މަސައްކަތްތެރިންނާ ހަމައަށް ފޯރުކޮށްދީފަ އެވެ.