"ރޭސް3" ގައި ކުޅެން ޖެހެނީ ވަރަށް ޗެލެންޖިންގް ރޯލެއްކަމަށް ކުޅަދާނަ ބަތަލާ ޖެކްލީން ފާނަންޑޭޒް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެހްލީން ބުނީ އެ ރޯލަކީ ވަރަށްވެސް ތަފާތު ރޯލެއްކަމަށާއި އެހެން ފަހަރުތަކާ ހިލާފަށް މި ރޯލަށް ވަރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

" ވަރަށް ތަފާތު ރޯލެއް ކުޅެލަން ލިބިފައި މި އޮތީ. އެހެން ފިލްމުތަކާ ހިލާފަށް މި ފިލްމަކީ ވަރަށް 'ޓަފް' ފިލްމެއް. އަސްލު ވަރަށް ހެޕަނިންގް ކަމެއް މިއީ. އަސްލު ބުނެދޭން ވެސް ނޭނގޭހާ އުފާވޭ. މުޅި ފިލްމީ ކެރިއަރުގައި ވެސް މި ފަދަ ރޯލަކުން ފެނިފައެއް ނުވާނެ. އަބަދުވެސް ބޭނުންވޭ ތަފާތު ރޯލުތަކުން ފެންނަން. ހުރިހާ ވައްތަރެއްގެ ރޯލެއް ޖެހުނަސް ޖެކްލީންއަށް ކުޅެވޭނެކަން އަންގައިދޭން ބޭނުން. އެހެންވެ މި ފިލުމު ވެގެންދާނީ ވަރަށް ހާއްސަ ފިލުމަކަށް،" އޭނާ ބުންޏެވެ.

ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ރޭސް3"ގައި ސަލްމާނު ހާންގެ އިތުރުން ސިދާތު މަލްހަތުރާ ވެސް ފެނިގެންދާނެ އެވެ.

"ރޭސް 3" ޕްރޮޑިއުސް ކުރަން ހަމަޖެހިފައި ވަނީ ރަމޭޝް ޓޯރާނީ އެވެ. މި ފިލްމަކީ ތަފާތު މޮޅު ފިލުމަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.