04 Oct 2017, 16:48
ދ. އަތޮޅު ނިޔާމަ ރިސޯޓުން ފުރައިގެން ޓޫރިސްޓުންނާ އެކު ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ސީ ޕްލޭނެއް ޖައްސަން އުޅެނިކޮށް، މޫސުން ގޯސްވުމުން "ކްރޭޝް ލޭންޑިން"އެއްކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ، އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ސީޕްލެއިން ވެއްޓުނީ ނޫން ކަމަށާއި އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން "ކްރޭޝް ލޭންޑިން"ގައި ބޯޓު މޫދަށް ޖެއްސީ ކަމަށެވެ.
ހަމަ ކުއްލިއަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވީ. އެހެންވުމުގެ ސަބަބުން ކްރޭޝް ލޭންޑިންއެއް އަޅުގަނޑުމެން ކުރީ،ހާރިސް

ސީޕްލެއިން ހުޅުލޭ ފަޅުތެރޭގައި، ބަންޑުން ޖެހިފައި-- ފޮޓޯ/ ޓްވިޓާ
އެ ސީޕްލޭންގައި 14 ފަތުރުވެރިޔަކު ދަތުރުކުރި ކަމަށާއި އެއްވެސް ފަތުރުވެރިޔަކަށް އަނިޔާއެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުރޫއިންނަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން ސީޕްލެއިންގެ ކެބިން ކުރޫއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު "ސަ"އަށް ވިދާޅުވީ ބުނީ އެ ހާދިސާއާ ގުޅިގެން، 24 އަހަރުގެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އަތަށް ތަދެއް އަރައިގެން ކަމަށް އާޝިއާ ވިދާޅުވި އެވެ.
