ހއ. އިހަވަންދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ އެ ތަކެތި ހޯދީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މި މަހު ފުރަތަމަ ދެ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލައިފާސްކޮށްގެންކަމަށެވެ.

އެގޮތުން އެ ދެގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން އެއް ގެއަކުން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ލިޔެފައިހުރި 32 ފޮތެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ސިހުރުހާހޫރަ ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެ މައްސަލަ އިތުރަށް ދަނީ ތަހްގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.