30 Jul 2011, 16:50
ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ސައިކަލް ދުއްވަން އިން މީހާ ޒަހަމްވެއްޖެ އެވެ.
ކުޅުދުއްފުށީ އަމީނީމަގުގައި މިއަދު 2:40 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ޒަހަމްވީ ކުޅުދުއްފުށީ މަލުތެރޭގޭ، އަލީ މުހަންމަދު ނައީމެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް، ހަށިގަނޑުގެ އެތަން މިތަނުން މަށައިގެންގޮސްފައިވެ އެވެ.
އަމީނީމަގުގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒް ކުރިމަތީގައި އެ އެކްސިޑެންޓް ހިނގާފައިވަނީ އެމަގުން އުތުރަށް ދުއްވައިފަ ދިޔަ ޓެކްސީ އަކާއި ހަމަ އެމަގުން ދެކުނަށް ދަތުރުކޮށްފައިދިއަ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓްވި ދެ ވެހިކަލްވެސް ދުއްވި މީހުން އަތުގައި ލައިސަންސް އޮތެވެ.
އެ އެކްސިޑެންޓުގައި ސައިކަލާއި ކާރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފުލުހުން ގެންދަނީ އެ އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.