03 Oct 2017, 21:00
ހިންމަފުށީގައި ހުންނަ އަސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރާ ގައިދީއަކަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ކަރެކްޝަނުން ބުނީ އެމީހާއަކީ އުމުރުން 47 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.
ކަރެކްޝަނުން ބުނީ އޭނާއަކީ ކުރިންވެސް ސްޓްރޯކެއް ޖެހި ފަރުވާ ދީފައިވާ މީހެއް ކަމަށެވެ. އޭނާގެ ހާލު ސީރިއަށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.