03 Oct 2017, 22:05
އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އާސެނަލަށް ގެންދަން ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް އެލެކްޒެންޑާ ލަކަޒެޓް ބުނެފިއެވެ.
މިވަގުތު ވޯލްޑަކްޕް ކޮލިފައިންގައި ބެލްޖިއަމާ ދެކޮޅަށް ފްރާންސްގެ ގައުމީ ޓީމު ތަމްސީލްކުރުމަށް ތައްޔާރު ވަމުން ދާ މި ދެ ކުޅުންތެރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ލަކަޒެޓް ވަނީ މެޗް އޮފް ދަ ޑޭ މެގަޒިން އަށް ދިން އިންޓަވިއޫ ގައި ބުނެފައެވެ.
ލަކަޒެޓް ބުނެފައި ވަނީ އާސެނަލަށް ބަދަލުވުމަށް ގްރީޒްމަން ކައިރި ބުނާނެ ކަމަށާއި އަދި ފްރާންސްގެ ގައުމީ ޓީމާއެކު ކުޅޭއިރު އެންމެ ފަސޭހަ ވަނީ ގްރީޒްމަން އަދި ބަޔާން މިޔުނިކް އަށް ކުޅެމުން އަންނަން ކޮރިންޓިއަން ޓޮލީސޯއާ އެކީ ކުޅުމަށް ކަމަށެވެ.
"ފްރެންޗް ލީގާއި އިނގިރޭސި ޕްރިމިއާ ލީގާ ހުރި އެންމެ ބޮޑު ތަފާތަކީ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުން، އަދި ލަނޑު ޖަހާ ގިނަ އަދަދެއްގެ ފޯވާޑުން ޕްރިމިއާ ލީގުގައި ކުޅުން، އަހަރެން އަދިވެސް މި ލީގަށް އެއްކޮށް ނުހޭނޭ." ލަކަޒެޓް ބުންޏެވެ.
ފްރާންސްގެ ލިޔޯންއިން އާސެނަލަށް ބަދަލުވުމަށްފަހު ލަކަޒެޓް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ އާސެނަލް އަށް ކުޅުނު ހަ މެޗުގައި ހަތަރު ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.