އަމިއްލަ ކުންފުންޏަކުން ރާއްޖޭގެ މާކެޓަށް ތައާރަފް ކުރި ދެ ޕޯޓަބަލް ވެލްޑިންގް މެޝިން ފެނަކަ ކޯޕަރޭޝަނަށް ހަދިޔާކޮށްފި އެވެ.

މިޑްއެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދިޔާކުރި އެ ޕޯޓަބަލް ވެލްޑިންގް މެޝިން ހަވާލުކޮށްދެއްވީ އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަރީފު އެވެ. ފެނަކައިގެ ފަރާތުން އެ މެޝިންތަކާ ހަވާލުވީ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އަހްމަދު ޝަރީފެވެ.

ފެނަކަ އަށް އިއްޔެ ހަދިޔާކުރި ދެ މެޝިނަކީ އެމްއެމްއޭ 160 ސީރީޒްގެ މެޝިނަކާއި ޒެޑް އެކްސް ހަތެއް 255ގެ މެޝިނެކެވެ.

އެ ވެލްޑިންގް މެޝިން ހަދިޔާކުރުމަށް ފަހު މިޑްއެކްސްގެ އެމްޑީ ވިދާޅުވީ ފެނަކަ ކަހަލަ މުޅި ރާއްޖެ އަށް ހިދުމަތްދޭ ކުންފުންޏަކަށް އެހީތެރިކަމެއް ފޯރުކޮށްދެވުނީތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި އެ ޕްރޮޑަކްޓަކީ މުޅިން އަލަށް ރާއްޖެ އަށް އެތެރެ ކުރި ބާވަތެއްކަމަށް ވެސް ވިދާޅުވި އެވެ.

އަލަށް ތައާރަފް ކުރި ޕޯޓބަލް ވެލްޑިންގް މެޝިންތަކަކީ އުފުލާ ކަންތައްތައް ކުރަން ފަސޭހަ އަދި ހަރަދުގެ ގޮތުން ވެސް ރަނގަޅު މެޝިންތަކެއް ކަމަށް މިޑްއެކްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފަ އެވެ.