އޯކިޑް މަގުގެ ކެފޭއެއްގެ ތެރޭގައި ތިބި ދެ ފުލުހަކަށް ރޭ ބަޔަކު ހަމަލާދީ މަރާމާރީން ހިންގައި ކެފޭގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި އެވެ.

ފުލުހުންގެ މީޑިޔަ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު 12:00 ޖެހިއިރު ދެ ފުލުހުންނަށް ހަމަ ދިނުމުގެ ސަބަބުން ކުދުކުދި ޒަހަމްތައް ދެ ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ފުލުހެއްގެ ކަށިމަތިން ބައެއް ހަލާކުވެފައިވީނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމީހުން ވަނީ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު ކެފޭގެ ތަކެއްޗަށް ވެސް ގެއްލުންދީފައި،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ރޭ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އެމީހުން ފުލުހުންނަށް ހަމަލާ ދިނީ ކީއްވެގެން ކަމެއް ވެސް އަދި ހަމަލާ ދިނީ ކޮން ކެފޭއެއްގެ ތެރޭގައި ކަމެއް ވެސް ފުލުހުންނެއް ނުބުނެ އެވެ.