އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ރާއްޖޭގެ ވެރިކަން ކުރާ ޕީޕީއެމްގެ ވަފުދެއް ބައިވެރިވެއްޖެ އެވެ.

މެންޗަސްޓާގައި މިހާރު ކުރިއްދާ އެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނިވަޑައިގެންނަވަނީ އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

އެ ތިން މެންބަރުންގެ ފޮޓޯއެއް ޓުވީޓް ކުރައްވަމުން ފޭދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ މެންޗެސްޓާގައި މިހާރު ކުރިއަށްދާ ކޮންޒަވޭޓިވް ޕާޓީގެ 2017 ވަނަ އަހަރުގެ އަހަރީ ޖަލްސާގައި ޕީޕީއެމްގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި އެމްޑީޕީން ބައިވެރިވި ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.