02 Oct 2017, 09:33
ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާ ފިލްމު "ޕާލްޓަން"ގައި އަބީޝޭކް ބައްޗަން ކުރިން ބައިވެރި ވުމަށް ހަމަޖެހިފައި އޮތްނަމަވެސް ފިލްމްގެ ޝޫޓިންގް ފެށުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް އޭނާ ވަނީ އެ ފިލްމު ދޫކޮށްލައިފައިއެވެ.
ެއެހެންކަމުން ފިލްމަށް އާ ފަންނާނެއް ފިލްމުގެ ޓީމުން ހަމަޖެއްސީ އެންމެ ދެ ދުވަހުގެ ތެރޭގައެވެ. ޒުވާން އެކްޓަރު ހަރްޝްވަރްދަން ރާނޭ "ޕަލްޓަން" ގައި އަބީޝެކް ކުޅެން ހަމަޖެހިފައި އޮތް ރޯލުން ފެނިގެންދާނެކަން ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.
ހަރްޝްވަރްދަން މިހާތަނަށް އެންމެ ފިލްމެއް ކުޅެފައިވާއިރުވެސް އެ ފިލްމް ވެގެން ދިޔައީ މުޅި ބޮލީވުޑްގައި ވެސް ބެލުންތެރިންގެ ހިތްތަށް ކަތިލި ފިލްމަކަށެވެ. "ސަނަމް ތޭރީ ކަސަމް" އިން ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ބައިވެރިޔާ ފިލްމަށް ހަމަޖައްސައިފައިވަނީ ފިލްމުގެ ކެރެކްޓާ އެންމެ އެކަށީގެންވާ ފަންނާނަކީ އޭނާ ކަމަށް ވާތީ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.
ހަރްޝްވަރްދަން އަކީ އިސްކޮޅުން ދިގު ހަށިގަނޑު ވަރުގަދަ ފަންނާނަކަށް ވެފައި އޭނާގެ އެކްޓިންގް އަށް އެއްވެސް ޝައްކެތް ނުކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުންޏެވެ.
ހަރްޝްވަރްދަން އާ ޖޭޕީ ބައްދަލުކޮށް ވަގުތުން ވަނީ ފިލްމު ކުޅެން އޭނާ އާއެކު އެއްބަސްވުމަކަށް އައިސްފައެވެ.