02 Oct 2017, 09:16
އުރީދޫ މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އޮޑިޓަރެއްގެ ގޮތުގައި 2016 ވަނަ އަހަރުވެސް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކޭޕީއެމްޖީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކޭޕީއެމްޖީ އުރީދޫގެ މި އަހަރުގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ، އެކަމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅި އޮޑިޓް ފާމްތަކުގެ ތެރެއިން އެންމެ ރަނގަޅު ފާމެއް ޑިރެކްޓަރުންގެ ބޯޑުން ހޮވައި ހިއްސާދާރުންގެ ވޯޓާ އެކުގައެވެ.
އުރީދޫއިން ބުނީ އުރީދޫގެ މިއަހަރު އޮޑިޓް ކުރުމަށް ތިންފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ކޭޕީއެމްޖީ، ޕްރައިސް ވޯޓާ ހައުސް ކޫޕާސް މޯލްޑިވްސް އަދި އީއާރުއެންއެސްޓީ އެންޑް ޔަންގް މޯލްޑިވްސް ހިމެނެއެވެ.
ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޭޕީއެމްޖީ މޯލްޑިވްސް ޕްރޮޕޯސަލް ކާމިޔާބު ކޮށްފައިވަނީ 39800 ޑޮލަރުގެ ފީއަކާއެކު އެންމެ ކުޑަ ޕްރޮޕޯސަލް ފީއެއް ހުށަހަޅައިގެންނެވެ.