ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން އޯގްމެންޓެޑް ރިއަލިޓީ ކެމްޕޭނެއް ފަށައިފިއެވެ.

ދިރާގުން ވަނީ "ދިރާގު އޭއާރް"ގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފް ކޮށްފަ އެވެ. އެ އެޕަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ކުންފުނީގެ ބްރޭންޑްއާ ގުޅޭ ގޮތަށް އޯގްމެންޓަޑް ރިއަލިޓީ އެޕްލިކޭޝަނެކެވެ.

ދިރާގުން ބުނީ އެ ކެމްޕޭނުގެ ދަށުން އޯގްމެނަޓަށް ރިއަލިޓީ މޯބައިލް ފޯނުގެ ޒަރީޢާއިން ތަޖުރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލޭ އާއި އަތޮޅުތެރޭގެ ކޮފީ ޝޮޕްތަކުން އެޕްމެދުވެރިކޮށް ގުރުއަތުން ހޮވޭ ފަރާތްތްކަށް ހިލޭ ކޮފީ ލިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އޭ.އާރް ޓެކްނޮލޮޖީއަކީ މޯބައިލްފޯނުގެ ކެމެރާމެދުވެރިކޮށް އެ މީހެއްގެ އަސްލު ވެށީގެ ތެރެއަށް ރިއަލްޓައިމްކޮށް ތްރީޑީ ޑިޖިޓަލް އިމޭޖަސް އިމްޕޯސް ކުރާ ޓެކްނޮލޮޖީއެކެވެ.

ދިރާގުން އޮގަސްޓް މަހު ވަނީ "އާރްބީ ކުއެސްޓް"ގެ ނަމުގައި އަގު ހުރި އިނާމު ތަކަކާއެކު އޭއާރް ގޭމިންގ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފަ އެވެ. މި އެޕް ވެގެން ދިޔައީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް އެކަނި ހާއްސަކޮށްގެން ތައާރަފު ކުރި މިކަހަލަ އެޕްލިކޭޝަން ކަމަށް ދިރާގުން ބުންޏެވެ.