މަޝްހޫރު ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ދެން އެންމެ އަވަހަށް އުފައްދާ ފިލްމުގައި ލީޑް ރޯލެއް އަދާ ކުރާނެ ބައިވެރިއަކަށް ރަންބީރު ކަޕޫރު ހަމަޖައްސައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަންބީރަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ކަރަން ބުނީ ރަންބީރާ އެކު އިތުރު ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. ފިލްމުގެ ނަން ހާމަނުކުރި ކަމުގައި ވީނަމަވެސް ރަންބީރު އެ ފިލްމުން ފެނިގެންދާނެކަން މިވަނީ ޔަގީންވެފައެވެ.

ރަންބީރު މިހާރު ކުރިއަށް ގެންދާ މަސައްކަތަކީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހު ތެރޭގައެވެ.

ކަރަންގެ "އޭ ދިލްހޭ މުޝްކިލް"ގައި ވެސް ހަރަކާތްތެރިވެފައިވަނީ ރަންބީރެވެ. އޭގެ އިތުރުން "ޔޭ ޖަވާނީ ހޭ ދިވާނީ"ގައި ވެސް ރަންބީރު ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.