30 Sep 2017, 14:50
ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއިކުރި މައްސަލައިގައި ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން މާފަށް އެދި ސިޓީ ފޮނުވި އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަން އިއުލާނުކޮށްފި އެވެ.
ޕެޓިޝަނާ ގުޅިގެން ޑީޖޭއޭއިން ސަސްޕެންޑްކުރީ ޖުމްލަ 54 ވަކީލުންނެވެ. އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފައެވެ. މިއަދު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލުމާ އެކު ދެން ސަސްޕެންޝަނުގައި ތިބޭނީ 25 ވަކީލުންނެވެ.
މިއަދު ޑީޖޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ 16 މީހެއްގެ ސަސްޕެންޝަން އުވާލީ އެބޭފުޅުންގެ މައްސަލަ ބެލުމަށްފަހު ކަމަށެވެ.
އެނގިފައިވާ ގޮތުން ސަސްޕެންޑް ކުރި ލޯޔަރުންގެ ތެރެއިން ސަސްޕެންޝަން އުވާލާފައިވަނީ މާފަށް އެދި ސިޓީ ފޮނުވި ވަކީލުންގެއެވެ.
ސަސްޕެންޝަނާ ގުޅިގެން މާފަށް އެދުމުން ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއް ސައްތާރާއި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ މެމްބަރު ސަފާ ޝަރީފާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ލޯފާމުގައި މަސައްކަތްކުރައްވާ ވަކީލުންވެސް ހިމެނިވަޑައިގަންނަވައެވެ.
ސަސްޕެންޝަން އުވާލި 16 ވަކީލުން
- ތާހާ މުހައްމަދު
- އަބްދުﷲ ޝާއިރު
- ރައީފާ އަބްދުލްވައްހާބް
- އައިޝަތު ލުއާ ޝަރީފް
- ސަފާ ޝަރީފް
- މަރިޔަމް ސަނާ ފަހުމީ
- ނޫރުއްސަލާމް އަބޫބަކުރު
- އަލްހާ އަލީ ރަޝީދު
- މުހައްމަދު ފައިސަލް
- އަލީ އަބްދުލްލަތީފު
- އައިމިނަތު ރާޔާ އަލީ
- އަހުމަދު ޝަފީގު
- އައިމިނަތު މުހައްމަދު ދީދީ
- އަހުމަދު ނާޒިމް އަބްދުއްސައްތާރު
- އައިޝަތު ޝީނާ މުހައްމަދު
- ފާތިމަތު ލަމްއާން