29 Sep 2017, 22:52
ހުޅުމާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭގެ ވަގުތެއްގައި ހުޅުމާލޭ ހާފްވޭ ސަރަހައްދުން ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ 25 އަހަރުގެ ޒުވާނަކަށް ކަމަށެވެ.
މަރުވި ޒުވާނާ އަކީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލް ޣަފޫރެވެ.

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ޒުވާނާ ވަނީ މަރުވެފައި ކަމަށެވެ.
އެ ޒުވާނާގެ ގައިގެ އަށް ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހާރިސްގެ މަރާގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވިއެވެ. އަދި އެކަމުގައި ބައިވެރިވި މިހުން ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.