29 Sep 2017, 11:03
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކުވެސް އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރަމުންދެވެއެ. އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި 246 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅި އިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް އެކިކަހަލަ އަނިޔާ ކޮށްގެން ހުށަހެޅި 131 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެއީ އޯގަސްޓްމަހު ހުށަހެޅި މައްސަލަތަކުގެ 53 ޕަސަންޓެވެ.
ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި، ކުޑަކުދީންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 32 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓް ކޮށްފައިވެއެވެ.
އޭގެ އިތުރުން، ކުޑަކުދީންނަށް ކުރާ ޖިންސީ އަނިޔާގެ 37 މައްސަލަ އަކާއި އިހުމާލުވުމުގެ 33 މައްސަލައެއް އަދި ނަފްސާނީ އަނިޔާގެ 24 މައްސަލަ ހުށަހެޅިފައިވާ އިރު އަނިޔާ ކުރާތަން ފެނިގެން ދެ މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ތިން މައްސަލައެއް ވަނީ މިިދޔަ މަހު ހުށަހަޅައިފައެވެ.
އަދި އެހެން ކުދިންގެ ފަރާތުން ސައިބާ ބުލީކުރުމުގެ މައްސަލަ އަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުށް ކުރާ ކުޑަކުދިންނާއި ކުޑަކުދިންގެ އަހުލާގީ ހަ މައްސަލައެއް ޖެންޑާއަށް ވަނީ މިދިޔަ މަހު ހުށަހަޅައިފައެވެ. ކުށްކުރާ ކުޑަކުދީންގެ މައްސަލަ ތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ ވައްކަމުގެ މައްސަލައެއް ފާހަގަކޮށްފައިވެއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުގައި ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލުމާއި އެހީތެރިކަން ދިނުމުގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައެއް ހުށަހެޅިފައިވާ އިރު، އެއީ މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 1 ޕަސެންޓެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރުމާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވުމާ ގުޅޭ މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިއިރު، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ އަށް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.