މަޓާޓޯގެ މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނަށް ހުށަހެޅި ނަންތަކުގެ ތެރެއިން ގެސްޓްހައުސް އެޑިޝަނަށް ނޮމިނޭޓް ވި ފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލައިފިއެވެ.

ގެސްޓުހައުސް އެޑިޝަނަށް ނޮމިނޭޓް ވި ފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލާފައި ވަނީ ރޭ މެންދަމު 12:00އިން ފެށިގެންނެވެ.

ގެސްޓުހައުސް އެޑިޝަނަށް ވޯޓުލުމަށް ހަދަން ޖެހޭ ގޮތަކީ، އެމްޓީއޭ (ސްޕޭސް) ޕްރޮޕަޓީ ކޯޑް (ސްޕޭސް) ކެޓަގަރީ ކޯޑު ޖެހުމަށް ފަހު 5005 އަށް އެސްއެމްއެސް ކުރާނީއެވެ. ދިރާގު އަދި އުރީދޫ ކަސްޓަމަރުންނަށްވެސް މި ނަންބަރަށް އެސްއެމްއެސް ކުރެވޭނެއެވެ.

އެމްޓީއޭ ގެސްޓްހައުސް އެޑިޝަން ޕްރޮޕަޓީ ކޯޑްސް

MTA PROPERTYCODE CATEGORYto 5005

Example: MTA VELA 001 TO 5005

އެމްޓީއޭ ގެސްޓްހައުސް އެޑިޝަން ކެޓަގަރީ ކޯޑްސް

ސަން އަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ޑެޕިއުޓީ ސެކެޓްރީ ޖެނަރަލް އަސްރާ ނަސީމް ވިދާޅުވީ، ގެސްޓްހައުސް އެޑިޝަނަށް ނަން ހުށަހެޅި ފަރާތް ތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވިފައިވާ ފަރާތްތަކަކީ، ޓްރިޕް އެޑްވައިޒާގެ ރިވިއުއަށް ބަލާފައި ޝޯޓްލިސްޓުކުރެވިފައި ފަރާތްތައް ކަމަށެވެ.

"ނޮމިނޭޝަންސްގަ ކެޓަގަރީ ވައިޒްކޮށް އޯވާ 90 އެބަ އުޅޭ، އެއީ މޯ ދޭން 60 ޕްރޮޕަޓީ ވައިޒްކޮށް ބަލަންޔާ. ދެން ރޭ 12:00 އިން ފެށިގެން އެއް މަސްވަންދެން ވޯޓިން ކުރިއަށް ދާނެ،" އަސްރާ ވިދާޅުވި އެވެ.

އަސްރާ ވިދާޅުވީ، މިފަހަރުގު ގެސްޓްހައުސް އެޑިޝަނަށް ޖަޖުކުރުމުގައި އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު 40 ޕަސެންޓް ބޭނުން ކުރާނީ ޓްރިޕް އެޑުވައިޒާގެ ރިވިއުގެ މައްޗަށް ބިނާކޮށް ކަމަށް އަސްރާ ވިދާޅުވިއެވެ. އަދި ބާކީ 60 ޕަސެންޓް ޖަޖުކުރާނީ އެސްއެމްއެސް އަދި އޮންލައިން ވޯޓިން ބޭނުން ކޮށްގެން ކަމަށް ވެސް އަސްރާ ވިދާޅުވި އެވެ.

ގެސްޓްހައުސް އެޑިޝަން 15 ކެޓަގަރީއަކަށް ބަހާލައިފަ ވާއިރު އޭގެ ތެރެއިން ތިން އެވޯޑަކީ މަޓާޓޯއިން ފާހަގަކޮށް ދެވޭ އެވޯޑެއްކަމަށް އަސްރާ ވިދާޅުވި އެވެ. އަދި ބަކީ 12 ކެޓަގަރީގެ އެވޯޑް އަކީ ވޯޓުން އަދި ޓްރިޕް އެޑްވައިޒާ ބޭނުންކޮށް ހޮވާ އެވޯޑުތަށް ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.

މަޓާޓޯ ގެސްޓްހައުސް އެޑިޝަން ބާއްވަން ހަމަޖެހިފައިވަނި އަންނަ މަހުގެ 30 ވަނަ ދުވަހު މާފުށީގައެވެ.