ޔަމަނުގައި ސައުދީ އަރަބިއްޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފް އަމަަލުތަކާ ޖަރީމާތަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ތަހުގީގު ކުރުމަށް ސައުދީން ދެކޮޅު ހަދައިފި އެވެ. އެ ޖަރީމާތައް ތަހުގީގު ކުރުމާ އެއްކޮޅަށް ވޯޓު ދޭ ގައުމުތަކާ ސައުދީން ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ކެނެޑާ އާއި އަދި ނެދެލެންޑްސް އިން ހުށައަޅައިފައިވާ ގަރާރަށް އަރަބި ގައުމުތަކުން ބޯ ނުލަނބާނެ ކަމަށް ވެސް ސަައުދީން ދެ ގައުމަކަށް ފޮނުވާފައިވާ ސީޓީއެއްގައި ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ދަ ގައުމުގެ ނަމެއް ރިޕޯޓުތަކުގައި ނުބުނެއެެވެ.

"ކެނެޑާ އަދި ނެދެލަންޑްސް އިން ހުށައަޅާފައިވާ ގަރާރަށް ތާއިދުކޮށްފިނަމަ ސައުދީ އާ ދެމެދު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުމަށް ވަަރަށް ބޮޑަށް އަސަރުކުރާނެ" ސީޓީގައި ބަޔާންކޮށްފައިވެއެވެ.

ނިއުޔޯކްޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި ނެދެލެންޑްސް އަދި ކެނެޑާއިން ހުށައަޅައިފައިވަނީ ސައުދީން ޔަމަނުގައި ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދުމަށެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސައުދީ އަދި އެކުވެރި އަރަބި ގައުމުތަކުން ބޭނުންވަނީ އެ ޖަރީމާތައް އެ މީހުން އަމިއްލަ އަށް ތަހުގީގު ކުރުމަށެވެ. ނަމަވެސް ފާޑުކިޔާ ފަރާތަކުން ބުނާ ގޮތުގައި އެ ފަދަ ތަހުގީގަކުން ކުށްވެރިވާ ފަރާތްތައް އިންސާފުގެ މައްޗަށް ގެނައުމަކީ ނާދިރު ކަމެކެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ޒައިދު ރާދު ވެސް ވަނީ މިނިވަން ތަހުގީގެއް ކުރުމަށް ގޮވައިލައްވައިފައެވެ.

ދެހާސްފަނަރަ ވަނަ އަހަރު ސައުދީން ޔަމަަނަށް ހަމަލާ ދޭން ފަށިފަހުން އެ ހަމަލާތަކުގައި އާންމުންގެ ގިނަބަޔަކު މަރުވާތީވެ ފާޑުކިޔުންތައް ސައުދީއަށް ދަނީ ވަރަށް ބޮަޑަށް އަމާޒުވެފައެވެ.

މަސްދަރު : މިޑުލް އީސްޓް އައި