28 Sep 2017, 11:44
"ކްރިޝް 4"ގައި ރިތިކް ރޯޝަން ފެނިގެންދާނީ ދެ ރޯލަކުން ކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކްރިޝް"ގެ ފެނިލުމުން ރިތިކް މި ފަހަރު ފެންނަން ހަމަޖެހިފައިވަނީ ހީރޯގެ ބައިންނާއި 'ވިލަން' އެއްގެ ބައިންނެވެ.
ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ މި ފިލްމަކީ ބޮލީވުޑްގެ ސުޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ރިތިކް ބުނީ އެ ފިލްމުގައި ދެ ރޯލެއްގެ ބައި ކުޅެނީ ކުޅޭ ހިތުން ކަމަށެވެ.
"އަސްލު މިއީ ބޭނުންވި ގޮތް. ދެ ރޯލަކުން އެއް ފިލްމުން ފެނިގެން ދާން ވަރަށް ބޭނުން. ކުރިން ވެސް އިންނާނެ އެއް ފިލްމަކުން ދެ ރޯލަކުން ފެނިފަ. ވަރަށް ސަޅި އެކްސްޕީރިއެންސް އެއް މިއީ. ކުރާ ހިތުން ކުރެވޭ ކަމެއް މިއީ." ރިތިކް ބުންޏެވެ.
ކްރިޝް ހަތަރެއް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަސް ތެރޭގައި ކަމަށްވެސް ބޭރުގެ ހަބަރުތައް ބުނެއެވެ. ރިތިކް ރޯޝަން އެންމެ ފަހުން ފެނިގެން ދިޔައީ 'ކާބިލް' އިންނެވެ.
ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.