ކެފޭއެއްގެ ތެރޭގައި ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 19، މަރާލި މައްސަލާގައި ތިން މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި އެކަކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކަމަށެވެ. އަދި އަނެއް ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަދީމަށް ހަމަލާދީފައި ވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ކޮފީ ބޯން އިންދަ އެވެ.