މިރޭ މާލޭގައި ލަކުޑިބުރިއަކުން ހަމަލާދީ މީހެއްގެ ބޯފަޅާލައި ޒަހަމް ކޮށްލައިފި އެވެ. މިހަމަލާ ދީފައި ވަނީ ގަލޮޅު ނީލޯފަރު މަގުގަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދިބުނީ އެ ހާދިސާއަ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިރޭ ދިން ހަމަލާގައި ޒަހަމްކޮށްލާފައި ވަނީ ލ. އިސްދޫ ކަލައިދޫ، އިސްދޫ އަވަށު އާސްމާންވިލާ މުހައްމަދު ޝިހާބެވެ.

މަންޒަރު ދުށް މީހަކު ބުނީ ޝިހާބަށް ހަމަލާ ދީފައި ވަނީ އޭނާ ހުންނަ ގެސްޓް ހައުސް ކައިރީ ސައިކަލެއް މަތީ އިންދާ ކަމަށެވެ. އަދި ބުނި ލަޓި ބުރިއާއި ހޮޅިދަނޑިއަކުން ޖެހުމުން ޝިހާބުގެ ބޯ ފަޅައިގެން ފަޅައިގެން ގޮސް ވަރަށް ޒަހަމްވެފައިވާ ކަމަށެވެ.

ޝިހާބަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.