ސަރޮގެސީ މެދުވެރިކޮށް ސަލްމާން ކުއްޖެއް ހޯދަން އުޅޭކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.

އަންނަ ޑިސެމްބަރުގައި ސަލްމާނަށް 52 އަހަރު ފުރޭއިރު އޭނާ އަދި މިހާތަނަށް އެއްވެސް ކައިވެންޏެއް ނުކުރެއެވެ. ގިނަ ބަތަލާއިން ތަކަކާ ލޯބީގެ ގުޅުން ދެމިގެން ދިޔަ އިރު ކައިވެންޏަކާ ހަމައަށް އަދި އޭނާއަކަށް ދެވިފައެއް ނެތެވެ.

މިހާރު ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރޫމޭނިއާގެ އިއުލިއާ ވަންތޫރާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ. ނަމަވެސް ސަލްމާން ކައިވެންޏަކާ ހިސާބަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

"ކައިވެނި ކުރަން ބޭނުންނުވިޔަސް ދަރިއަކު ބޭނުންވޭ. މަންމަ އާއި ބައްޕަ ވަރަށް ަދެކެން ބޭނުންވާ ދުވަހެއް އެއީ ކައިވެންޏެއްކޮށް ދަރިޔަކު ލިބޭ ދުވަސް. ކައިވެންޏެއް ނުކުރިއަސް ދަރިއެއްގެ ހުވަފެން ފުރިހަމަވެގެންދާނެ. ސަރޮގެސީ މެދުވެރިކޮށް ކުރިއަށް އޮތް ދެތިން އަހަރު ތެރޭ އެކަން ފުރިހަމަ ވެގެން ދާނެ،" ސަލްމާން ބުންޏެވެ.

ސަރޮގެސީ މެދުވެރިކޮށް ދަރިން ހޯދުމަކީ ބޮލީވުޑްގައި ވަރަށް އާންމު ކަމަކަށް ވާއިރު ޝާހްރުކް ޚާން އާއި އާމިރް ޚާންގެ ހަގު ދެ ކުދިންނަކީ ވެސް ސަރޮގެސީ މެދުވެރިކޮށް ހޯދާފައިވާ ކުދިންނެވެ. އެއާއެކު މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަަރަށް ސަރޮގެސީ މެދުވެރިކޮށް ލިބިފައިވަނީ އެއް މާބަނޑު ދެ ކުދިންކަން ފާހަގަކޮށްލެވެއެވެ.