ސަޓާ ގާލާ އެންޑް އެވޯޑްސްގެ ސިލްވާ ޕާޓްނަރަކަށް އިވެންޓްތަށް އިންތިޒާމް ކުރުމުގައި ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ވަރުގަދަ އެއް ކުންފުނިކަމަށްވާ "ސްޓޭޖް ކޯ" ހަމަޖައްސައިފިއެވެ.

ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޖް ކޯ ހަމަޖެއްސުމާއެކު އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި ބޭއްވުމުގެ ސެޓްއަޕްގެ މަސައްކަތް ކުރިއަށްގެންދާނީ ސްޓޭޖް ކޯ ކަމަށް އެފަރާތުން ބުންޏެވެ.

ސްޓޭޖް ކޯ އަކީ އިވެންޓްތައް އިންތިޒާމްކޮށް ހިންގުމުގައި ރާއްޖޭގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ، ސާމާނާއެކު ސްޓޭޖް ކޯއިން އަންނަނީ ބޮޑެތި އިވެންޓްތަށް އިންތިޒާމްކޮށް ހިންގަމުންޏެވެ.

ބޮޑެތި ހޮސްޕިޓާލިޓީ ބްރޭންޑް ތަކާއި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އިވެންޓަތަށް ސްޓޭޖް ކޯއިން ވަނީ ކާމިޔާބު ކަމާއެކީ ކުރިއަށް ގެންގޮސްފައެވެ.