29 Jul 2011, 16:05
އއ. މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ މާޅޮހުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާޅޮހު ކައުންސިލް އިދާރާގެ އޮފިޝަލެއް ކަމަށްވާ އަހުމަދު ނަސީރު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެރޭ އެރަށު ކައުންސިލް އިދާރާގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ 10،3000ރ. ވަގަށް ބަޔަކު ވަގަށްނަގާފައިވާ ކަމަށެވެ. އަދި ތިޖޫރީ ހަލާކުކޮށްލާފައި ވަނީ ދަގަނޑުބުރި އަކުން ތިޖޫރީގެ ތަޅު މަތާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިޖޫރީން ވަގަށް ފައިސާތައް ގެންދިޔައިރު އެ އިދާރާގެ ބައެއް ދޮރުތަކަށް ގެއްލުންދީ ހަލާކުކޮށް ހަދާފައި ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީން ބަޔަކު ވައްކަން ކުރި އިރު މީގެ ދެ އަހަރު ކުރިން ވަނީ އެރަށު ކޯޓުގެ ތިޖޫރީ ވެސް ފަޅާލައިފަ އެވެ.