ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަންރެންސްގެ ދެވަނަ ކޮންފަރެންސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވައިފައެވެ. ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި މޯލްޑިވްސް ގެޓްއަވޭސް އާއެކު މިފަހަރުގެ ގެސްޓްހައުސް ކޮންފަރެންސްވެސް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކީގައެވެ.

ހޮނިހިރު ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ގެސްޓްހައުސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމައީލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި ފުޅާ ކުރުމަށްޓަކައި ދިރާގުން ވަރަށް ބޮޑު އިސްކަމެއްދީގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު ވާހަކަފުޅު ދައްކަވަނީ--

ގެސްޓްހައުސްތައް ކުރިއެރުވުމަށްޓަކައި ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ގެސްޓްހައުސްތަކަށް ދިރާގުންވަނި ތައާރަފް ކޮށްފައެވެ. އަދި އޭގެ އިތުރުން ދިރާގުން ރާއްޖޭގެ ރަށްތަކަށް ފައިބަރ ކޭބަލް އެޅުމުގެ ސަބަބުން ގެސްޓްހައުސް ތަކުން އޮންލައިން ހިދުމަތްތައް ބޭނުން ކުރުމުގައި ފަސޭހަވެ، ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ދިޔަކަން އިސްމައީލް ރަޝީދު ފާހަގަކުރެއްވިއެވެ.

ދިރާގުން ދެމުންގެންދާ ޑިޖިޓަލް ނުވަތަ ކަނެކްޓިވިޓީގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އެޔާ ގުޅިފައިވާ ރީތި މޫދާއި ފަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައިވެސް ދިރާގުން އަންނަނީ ތަފާތު ހަރަކާތްތަށް ހިންގަމުންނެވެ.

ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދިރާގުން އަންނަނީ މޫދާއި ފަރުތަކަށް އެތައް ގެއްލުންތެކެއް ލިއްބައިދޭ ޕްލާސްޓިކް ތަކެތީގެ ބޭނުންކުރުން މަދުކުރުމަށްޓަކައި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޕާލޭ މޯލްޑިވްސް އިން ކުރިއަށް ގެންދާ "ފޯ ދި އޯޝަން" ކެންޕޭނުގައި މިދިޔަ އަހަރުންފެށިގެން ދިރާގުން އަންނަނީ ވަރަށް ފުރިހަމައަށް ބައިވެރިވަމުންނެވެ.

ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ތިމާވެއްޓާ ރަށްޓަހި ކޮތަޅު ގެސްޓްހައުސްތަކަށް ތައާރަފްކުރަނީ --

ގެސްޓްހައުސް ތަކުން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ގެސްޓްހައުސްތަކަށް ތިމާވެއްޓާ ރަހްމަތްތެރި ކޮތަޅު ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގުން މިހާރު ވަނި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އެއްކޮށް ހުއްޓާލައިފައެވެ. އަދި ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދެވުމުގެ ސަބަބުން މިހާރު ބައެއް ރަށްރަށުންވެސް، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ހުރިހާ ހިދުމަތްތަކެއް އަދި ހަރަކާތްތަކެއް ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރުމުގެ އިތުރުން ދިރާގުން މިހާރު އަންނަނީ ގެސްޓްހައުސް ޓީވީއެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގް ގެސްޓްހައުސް ކޮންފަރެންސްގައި ދިރާގު ޓީވީ އުފެއްދުމާބެހޭގޮތުން ވާހަކަ ދައްކަވަނީ --

ގެސްޓްހައުސް ޓީވީގެ ހިދުމަތް ފެށުމާއެކު ގެސްޓްހައުސް ދާއިރާއަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ގެސްޓްހައުސް ތަކުން ލިބެންހުންނަ ހިދުމަތްތަކާއި ޓޫރިސްޓުންގެ ހިޔާލު ހޯދުންފަދަ ފަސޭހަތައް ލިބިގެންދާނެކަމަށްވެސް ދިރާގުން ބުންޏެވެ.