28 Jul 2011, 19:57
ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުން ރާއްޖޭގެ ކޮޅަށް ކުރިން 17 ލަނޑު ޖަހައި އީރާނުން ދުނިޔޭގެ ރިކޯޑެއް ހެދިނަމަވެސް މިރޭ ރާއްޖޭގައި ކުޅެ އެއްމެ ލަނޑުން ފުއްދާލަން ޖެހިއްޖެ އެވެ. މި މޮޅާއެކު އީރާނު ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރުކޮށްފައެވެ.
http://sun.mv/albums/l_1390.jpg
ވޯލްޑްކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗްގައި ރާއްޖެ ކޮޅަށް އީރާނުން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުގެ ކުރިން 1-0 ލަނޑުން ލީޑް ނެގި އީރާން ޓީމަށް ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިޔަކީ މެޗުގައި މޮޅަށް ކުޅުނު މުޙައްމަދު ރެޒާ އެވެ.
މެޗްގެ ދެވަނަ ހާފަށްވުރެ، ފުރަތަމަ ހާފުގައި ދިވެހި ޓީމުގެ ކިބައިން ފެނިގެން ދިޔައީ މޮޅު ކުޅުމެކެވެ. އެގޮތުން ދިވެހި ޓީމްގެ އިބްރާހިމް އާރިފު )ބަކާ( އާއި އައްސަދު އަލީ)އަޑުބަރޭ( އަށް ލިބުނު ފުރުޞަތު ތައް ފާހަގަ ކޮށްލެވެ އެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީރާންގެ އެސިސްޓެންޓު ކޯޗް ބުނީ، އިރާންގެ ކުޅުންތެރިންގެ ފަރާތުން ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް ފެނިފައި ނުވާއިރު، ރެފްރީގެ ފަރާތުން ވެސް ފެނުނީ ރަނގަޅު ނިންމުންތަކެއް ނޫން ކަމަށެވެ.
ރާއްޖޭގެ ކޯޗް ބުނީ، ދިވެހި ކުޅުންތެރިންގެ ކުޅުމާމެދު ހިތް ހަމަހެޖެހޭ ކަމަށާއި ނަތީޖާއާ މެދު ވެސް ހިތް ހަމަޖެހޭ ކަމަށެވެ.
ފުރަތަމަ ލެގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އީރާންގެ ވެރިރަށް ތެހެރާންގެ އާޒާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރާއްޖޭގެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އީރާންގެ ފުރަތަމަ ގޯލް ރާއްޖޭގެ ގޯލް ދާނގަޑުގައި ތަތްކޮށްލީ މެޗްގެ ތިން ވަނަ މިނެޓްގައި ފޯވާޑް ކަރީމް އަންސާރީ އެވެ. މެޗްގައި އީރާނުން ރާއްޖެ ކޮޅަށް ޖެހި އަނެއް ތިން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގައެވެ. އެހެންނަމަވެސް މިރޭގެ މެޗްގައި ރާއްޖެއިން ފެނުނީ ދިވެހި ސަޕޯޓަރުން ހިތް ހަމަޖެހޭ ވަރުގެ ކުޅުމެކެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2000 ވަނަ އަހަރު ސީރިއާގައި ކުޅުނު މެޗުގައި އީރާން އަތުން ރާއްޖެ ބަލިވީ 8-0 އިންނެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
ދެހާސް ދިހަ ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީ ޔަމަނާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓުން 3-2 އިން ބަލިވެގެންނެވެ. ފުރަތަމަ ލެގުގައި ޔަމަނުގައި ރާއްޖެ 3-0 އިން ބަލިވިއިރު މާލޭގައި ރާއްޖެ މޮޅުވީ 2-0 އިންނެވެ.
---
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އީރާނުގެ މުހައްމަދު ރިޒާ ޖަހައިދިން ލަނޑާއެކު 1-0 އިން އިރާން ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ. މެޗު ނިމުމާއެކު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު ދަނޑު ފޭބުމުގެ ކުރިން އީރާނުގެ އޮފިޝަލުން ވަނީ ދަގަނޑޭގެ ޖޯޒީ ލިބިގަތުމަށް އެދިފަ އެވެ. އަޝްފާގު ވަނީ އޭނާގެ ޖޯޒީ އީރާނުގެ އޮފިޝަލުންނަށް ހަދިޔާކޮށްފައެވެ. ރާއްޖޭގެ ކޮޅަށް ކުރިން 17 ލަނޑު ޖަހައި އީރާނުން ދުނިޔޭގެ ރިކޯޑެއް ހެދިނަމަވެސް މިރޭ ފުއްދައިލަން ޖެހުނީ އެންމެ ލަނޑަކުންނެވެ.
http://sun.mv/albums/l_1395.jpg
22:55 މެޗު ނިމިއްޖެ، ރާއްޖެ 0 އިރާން 1
22:54 އީރާނުގެ ގޯލް އޭރިޔާތެރޭގައި ރާއްޖެއިން ކުޅެ ނުރައްކާ ކުރަމުން އެބަދޭ. ފަހު މިނެޓް ކޮޅުގެ ތެރޭގައި އަޝްފާގާއި ބޮނޑާ ގެންދަނީ މޮޅަށް ކުޅެމުން. އީރާނުގެ ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކާއިފި ކާޑު ދެއްކީ ނޫރީއަށް
22:54 ސަމްވީލު ގާސިމަށް އީރާނުގެ ކުޅުންތެރިޔަކު ހަމަލާދީ ވައްޓާލައިފި.
22:53 މިވަތު ވަރަށް ގިނަ ސަޕޯޓަރުން ދަނޑުން ނުކުންނަމުން އެބަދޭ.
http://sun.mv/albums/l_1397.jpg
22:52 އީރާނުގެ ޖަލާލު ހުސައިންގެ ނުރައްކާތެރި ހަމަލާއެއް ރާއްޖެއިން ކޯނަރަކަށް ބޭރުކޮށްލައިފި
22:51 މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ފަސް މިނިޓް ދީފި
22:47 އީރާންގެ ނުރައްކާތެރި ހަމަލާއެއް އިމްރާން ދިފާއުކޮށްފި. މެޗުގެ ފަހު ފަސް މިނެޓް ހިނގަމުންދަނީ.
22:47 ރާއްޖޭގެ ޝާފީއަށް އަނިޔާވެގެން ދަނޑު ބޭރުގައި ފަރުވާ ދެމުން ދަނީ.
http://sun.mv/albums/l_1401.jpg
22:47 ރާއްޖެއިން އަޑުބަރޭ ބާލާފައި އިސްމާއިލް މުހައްމަދު ކުޅެން ނެރެފި.
22:46 ޖަލާލު ރާއްޖޭގެ ގޯލަށް ހަމަލާ ދޭން އުޅުމުގެ ތެރޭގައި އިމްރާނަށް ހިސާބަކަށް އަނިޔާވެއްޖެ
22:45 ރާއްޖޭގެ އަޑުބަރޭއަށް ރީނދޫ ކާޑެއް ދައްކައިފި. އަޑޭ ވަނީ އީރާނުގެ ކުޅުންތެރިޔަކު ވައްޓާލާފައި. އީރާނުން ޖެހުން ޖަހައިފި، އެކަމަކު އިމްރާން ވަނީ ދިފާއުކޮށްފައި
22:42 ރާއްޖޭ ޓީމުން ކުރިޔަށް ވުރެ ރަނގަޅަސް ކުޅެވޭތޯ މަސައްކަތް އެބަކުރޭ.
22:42 އަޝްފާގު މޮޅު ކުޅުމެއް ދައްކައި ކުރިއަރަމުން ދަނިކޮށް އަޝްފާގަށް ހަމަލާދީ ވައްޓާލައިފި. ޖެހުން ކުރިޔަށް ފޮނުވާލަނީ އުމޭރު. އޭނަގެ ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށް
22:41 އެންމެ ފަހުން އަނެއްކާވެސް އޮއްޕޮ ނުކުމެ، ފޭބީ މުހުތާރު، އެރުވީ ބޮންޑާ
http://sun.mv/albums/l_1406.jpg
22:40 ދެންމެ ހިނގައި ދިޔަ އޮޅުމާ ބެހޭ ގޮތުން އަޝްފާގު ކޯޗު ކުރިސިއާނީއާ ވާހަކަ ދައްކަމުން އެބަދޭ. އީރާނުގެ ކޯޗް ކްއިރޯޒް ވެސް މައްސަލަ ޖައްސަމުން އެބަދޭ.
22:40 ކޯޗު ބުނަމުން ދިޔައީ އޭނާ ބާލަން ބޭނުން ވަނީ އޮއްޕޮ ނޫން ކަމަށް. ބެންޗަށް ވަނީ ބޮޑު އޮޅުމެއް އަރާފައި.
22:37 ރާއްޖޭ ޓީމުން ބަދަލެއް ގެންނަނީ. ފައިބަނީ އޮއްޕޮ، ނުކުންނަނީ ބޮންޑާ.
22:37 އީރާނު ކަރީމް އަންސާރީ ރާއްޖޭގެ އަކުރަމަށް ހަމަލާ ދިނުމުން އޭނާއަށް ރީންދޫ ކާޑު ދައްކައިފި
22:36 އީރާނުން އަނެއްކާވެސް ބަދަލެއް 16 ނަމްބަރު ފައިބަނީ ކުޅެން ނުކުންނަނީ ހަތްނަމްބަރު
22:35 ރާއްޖޭގެ ޓީމު ހުއްޓިފައި އޮތުމުން މިވަގުތު އީރާނު ކުރިޔަށް އަރައި ދަނީ ކުޅެމުން. ހާއްސަކޮށް ފުރަތަމަ ހާފުގައި ލަނޑުޖެހި ރިޒާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ
22:34 އީރާނުގެ މުހައްމަދު ރިޒާ ރާއްޖޭގެ ދެކުޅުންތެރިން ކަޓުވާލުމަށް ފަހު ދިން ނުރައްކާތެރި ހަމަލާ ބޭރަށް.
22:31 ރާއްޖޭގެ ކުޅުންތެެރިންގެ ކުޅުން ހައްތާވެސް ދަނީ ލަސްވަމުން
22:31 ރާއްޖެއިން ރީނދޫ ކާޑެއް ދެއްކީ ޝާފީ އަށް ދެން ޓޫކިލޯއަށް
22:31 މިވަގުތު އީރާނަށް ޖެހުން ލިބިފައި. ރާއްޖޭގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެންނަމުން އެބަދޭ.
22:30 އަނެއްކާވެސް އަޝްފާގަށް ހަމަލާދީފި. އެ ބޯޅައަށް ކުޅުމަށް ފަހު ރާއްޖޭގެ ކުޅުންތެރިޔަކު ފައުލްކޮށްފި . ރާއްޖޭގެ ކުޅުންތެރިން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރަމުން އެބަދޭ
22:29 ދަގަނޑޭއަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ޑޮކްޓަރު އިޝާރާތުން ބުނެފި އީރާނުގެ ހާދީ ފޭބުމަށް ފަހު 20 ނަމްބަރު އަރަނީ
22:28 އުމޭރާ އަޝްފާގު ގުޅިގެން ހަމަލާ އުފެއްދަނިކޮށް އަޝްފާގު ވެއްޓިއްޖެ. ކުޅުން ކުރިޔަށް ދަނީ. އީރާނުން ހަމަލާއަށް އަރާފައިވަނިކޮށް ބެންޗުން ހިތްހަމަނުޖެހުން ފާޅު ކުރުމާއެކު ބޯޅަ ބޭރުކޮށްލައިފި. އަޝްފާގަށް ދީފައިވާ ހަމަލާއަށް ރެފްރީ ވަނީ ޕްލޭ އޮން ދައްކާފައި. އަދިވެސް އަޝްފާގު ވެއްޓިފައި.
22:26 އަޑުބަރޭގެ ބާރު ހަމަލާއެއް. އެހެންނަމަވެސް ދިޔައީ ގޯލާ އަމާޒު ނުވެ. އީރާނުގެ ގޯލް ކީޕަރު ލަސް ކުރަމުންދާތީ ރެފުރީ ވަނީ އަވަސް ކުރުމަށް އަންގާފައި
22:24 އޮއްޕު އަތުން ބޯޅަ ކޮންޓްރޯލު ކުރުމުން އީރާނަށް ޖެހުމެއް.
http://sun.mv/albums/l_1396.jpg
22:23 ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމެއް މިހާފަކު ނުފެނޭ
22:22 އިރާނަށް އަނެއްކާވެސް ފުރުސަތު ލިބުނު އިރު ރިޒާ އާއި އަންސާރީ ވެސް އޮފްސައިޑްވެފައި.
22:22 ރާއްޖެއަށް ޖެހުމެއް ލިބިފައި. އަޝްފާގަށް ހަމަލާ ދިނުމުން ލިބުނު ޖެހުން އީރާނުން ދިފާއުކޮށްފި.
22:21 އީރާނަށް ބަދަލެއް ގެނެސްފި. 17 ނަމަބަރު ފޭބުމަށް ފަހު 18 ނަމްބަރު ނުކުމެއްޖެ
22:20 ޖެހުން ރާއްޖެއިން ދިފާއުކޮށްފި. އަންމަޓީ ފައިދަށުން ގޮސް އީރާނަށް ބޯޅަށް ލިބުނު އިރު ރިޒާ އޮފްސައިޑް
22:19 ރާއްޖޭގެ ފައުލަކަށް އީރާނަށް ޖެހުން ލިބިފައި. ކުޅުންތެރިން ރާއްޖޭގެ އޭރިޔާތެރޭގައި.
22:18 އީރާންގެ މުހައްމަދު ރިޒާ ފޮނުވާލި ބޯޅަ ޝާފީ ދިފާއުކޮށްފި. އެ ބޯޅައަށް ކަރީމް އަންސާރީވެސް އެރި
22:16 ކުޅުންތެރިން ފެންނަނީ ވަރަށް ބޮޑަށް މަޑުޖެހިލާފައި ތިބިތަން. ސަޕޯޓަރުންގެ ފޯރި ވެސް ވަނީ ކުޑަވެފައި. އީރާންގެ ހަމަލާއެއް ދިފާއުކޮށް އަކުރަމް ބޯޅަ ބޭރުކޮށްލައިފި.
22:16 ކަރީމް އަންސާރީއަށް ބޯޅަ ތަނަވަސްވިއިރު އޭނާ ހުރީ އޮފްސައިޑްވެފައި. އެހެން ނޫންނަމަ ވަރަށް ނުރައްކާވީސް
22:14 ކުރީގައި ބޯޅަ ކުރީގައި އޮންނަ އިރު ކުޅުންތެެރިން ކުރިޔަށް ޖެހުމަށް އަޝްފާގު ކުޅުންތެރިންނަށް އަންގަމުން އެބަދޭ.
22:14 މެޗު ކުޅުން ވަނީ ކުރިޔާ ހިލާފަށް ލަސްވެފައި. މިވަގުތު ބޯޅަ ބޭރުވެފައި.
22:13 ރާއްޖޭގެ ޖެހުން ދިޔައީ ވަރަށް ތިރިން. ރާއްޖެއިން އޮއްޕޮ ވަރަށް ރަނގަޅަށް ދަނީ ކުޅެމުން
22:12 އުމޭރަށް ފައުލު ކުރުމުން ރާއްޖެއަށް ޖެހުމެއް.
22:11 އީރާނުގެ އެންމެ ކުރިޔަށް ކުޅޭ ކަރީމް އަންސާރީއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ. އީރާނުގެ ހަމަލައެއް އަންމަޓީ ދިފާއުކޮށްފި
22:10 އީރާނަށް ޖެހުމެއް. ފޮނުވައިލީ ޖަލާލް ހުސައިން
22:09 އަލީ ކަރީމީ އޮއްޕޮއަށް ފައުލްކޮށްފި. އުމޭރު ފޮނުވާލާއިރު އޭރިޔާތެރޭގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން
22:06 ރާއްޖެއަށް ޖެހުމެއް ލިބިފައި
22:06 އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. އީރާނުން އަމާޒު ކޮށްފައި ވަނީ ދެ އަރިމަތިން ކުޅުމަށް.
ފުރަތަމަ ހާފުގެ ބައެއް ތަފާސް ހިސާބު:
ރާއްޖެ 15 ފައުލް. އީރާން 11 ފައުލް
ރާއްޖެ 1 ކޯނަރު. އީރާން 4 ކޯނަރު.
ރާއްޖެ 11 ހިލޭ ޖެހުން. އީރާން 15 ހިލޭ ޖެހުން.
އީރާނަށް 2ރީނދޫ ކާޑު. ރާއްޖެ އަށް ކާޑެއް ނުދައްކާ.
ރާއްޖެ 1 ޝޮޓް. އީރާން 4 ޝޮޓް.
22:05 މުހައްމަދު ރިޒާގެ ލަނޑާއެކު ދެވަނަ ހާފު ފަށައިފި
22:04 މެޗު ބައްލަވައިލެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުން ދަނޑަށް ވަޑައިގެންފި
22:01 މެޗުގެ ފުރަތަމަ ހާފު ހިނގަމުން ދަނިކޮށް ކުޅިވަރުގެ ރޫހާ ހިލާފަށް ގަލޮޅު ސަހަރާއާ ވީ ދިމާއިން ލައިންސް މަނާ ދިމާއަށް އެއްޗެއް އެއްލާފައިވާތީ އެފްއޭއެމުން ވަނީ ދެންމެ އެކަން ކުށްވެރިކޮށްފައި. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވިދާޅުވީ ދެން އެފަދަ އަމަލެއް ފެނިއްޖެނަމަ މެޗު ހުއްޓާލާނެ ކަމަށް މެޗް ކޮމިޝަނަރު ވިދާޅުވެފައިވާ ކަމަށް
21:51 ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ ، ރާއްޖެ 0 އީރާން 1
http://sun.mv/albums/l_1385.jpg
21:49 އީރާނުން ލަނޑު ޖަހައި. އީރާނުން ލަނޑު ޖެހީ ފަހަތުން ކުޅުންތެރިން ބޮޑުވެފައި ވަނިކޮށް އީރާނުގެ ރިޒާ
21:48 އިތުރު ވަގުތު ދެމިނެޓް ދައްކައިފި
21:47 އަޝްފާގާއި އޮއްޕޮ އާއި އަޑޭ ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފި. އަޝްފާގު ވެއްޓުނީ. މިހާރު އުމޭރަށް ހަމާލާދީ ވައްޓާލާފައި.
21:46 ކޯނަރު ނަގައިގެން ކުޅުން ފަށައިފި.
21:45 ދަނޑު ބޭރުން ސަޕޯޓަރަކު އެއްލި އެއްޗަކާ ގުޅިގެން މެޗް މެދު ކަނޑާލައިފި. ފެންފުޅިއެއް އެއްލާފައި ވަނީ ގަލޮޅު ސަހަރާއާވީ ކޮޅުން ލައިންސްމަނާ ދިމާއަށް
21:42 މެޗުގެ ފުރަތަމަ ހަފުގެ ފަހު ވަގުތު ކޮޅު ކުޅެމުންދަނީ. ބޮޑަށް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެނީ ރާއްޖެ. މިވަގުތު އީރާނަށް ކޯނަރެއް ލިބިފައި
http://sun.mv/albums/l_1384.jpg
21:42 ރާއްޖެ އަޝްފާގު އަނެއްކާވެސް ވައްޓާލައިފި. އަސްއަދު ޖެހި ޖެހުން ދިޔައީ މާ މަތިން. އީރާނުގެ 17 ނަމްބަރު ޒާރޭއަށް ރީންދޫ ކާޑު
21:41 މިހާތަނަށް ރާއްޖެ 12 ފައުލް އީރާނުން 11 ފައުލް ކޮށްފި
21:41 އަނެއްކާވެސް އަޝްފާގު ވައްޓާލައިފި. ވަރަށް ބޮޑަށް ފެންނަނީ އަޝްފާގަށް ސަމާލުވެ ފައުލު ކުރަމުންދާތަން
21:39 އީރާނުގެ ރިޒާގެ ހަމަލާއެއް ރާއްޖެ ދިފާއުކޮށްފި .
21:39 އިރާނުގެ ކުޅުންތެރިން ކައިރިން ދެމިގެނަގެން އޮއްޕު ވަރަށް ރީތި ފުރުސަތެއް ތަނަވަސްކޮށްދީފި. ނަމަވެސް އައްސަދު ދަގަނޑޭއަށް ދޫކޮށްލުމުގެ ސަބަބުން އޮޅުން އަރައި ފުރުސަތުގެ ބޭނުމެއް ނުހިފުނު
21:38 އިރާނުގެ ހަމަލާއެއް ދިފާއު ކުރުމަށް އަންމަޓީ ވަރަށް މޮޅަށް ކުޅެފި. މިވަގުތު އަޝްފާގު ވަނީ ދަނޑުން ބޭރުގައި.
21:36 އަޝްފާގު ފަރުވާއަށް އެދެމުން އެބަދޭ. އުމޭރުވެސް އިނީ ދަނޑުމަތީގައި އިށީންދެގެން. އަޝްފާގަށް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައި
21:34 އީރާނު ކުޅުންތެރިޔަކު އަކުރަމު ގައިގައި ހިފަހައްޓާފި. ރާއްޖެއަށް ޖެހުމެއް. އިރާންގެ ކޯޗް ކްއިރޯޒް ވަރަށް ބޮޑަށް މައްސަލަ ޖައްސާތައް އެބަ ފެނޭ
21:33 އިރާނުގެ ރިޒާގެ ފައުލެއް، ރާއްޖޭގެ ޝާފީއަށް. އީރާނު ކުޅުންތެރިންގެ ފްރަސްޓްރޭޝަންތައް ވަރަށް ބޮޑަށް ފެންނަމުން އެބަދޭ
http://sun.mv/albums/l_1382.jpg
21:32 އީރާނުގެ ދެ އަރިމަތިން އެކަށީގެންވާ ގޮތެއްގައި ނުކުޅެވޭތީ ކުޅުންތެރިން ވަނީ ބަދަލުކޮށްފައި.
21:27 އަނެއްކާވެސް އަޝްފާގު ވައްޓާލައިފި. އީރާނުގެ ޑިފެންޑަރަށް ރީންދޫ ކާޑު ދައްކައިފި . ކާޑު ދެއްކީ ހާގީ އަށް އަޝްފާ ދަނީ މޮޅަށް ކުޅެމުން
21:27 އީރާންގެ ކުޅުންތެރިންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ ކުޅުންތެރިންގެ ފަރާތުން ކުށްކުރުން ދަނީ ފެންނަމުން. އިރާނުގެ ހަމަލާއެއް ޝާފިއު ދިފާއުކޮށްފި.
21:27 ރާއްޖޭގެ ޓީމުގެ ބަކާގެ ކިބައިން ވަރަށް މޮޅު ކުޅުމެއް ފެނިގެން އަބަދޭ
21:26 އަޝްފާގު ފޮނުވާލި ޖެހުން ބޭރަށް.
http://sun.mv/albums/l_1381.jpg
21:24 ރާއްޖެ ފުދޭ ވަރަކަށް ރަނގަޅަށް ކުޅެމުންދަނީ. އަލީ ކަރީމީ ރާއްޖޭގެ އަޝްފާގަށް ހަމަލާދީ ވައްޓާލާފައި. ވައްޓާލީ ދެކުޅުންތެރިން ކަޓްވާލާފައި އޭރިޔާތެރެއަށް ވަން ވަގުތު. އަޝްފާގު ރެފުރީ ގާތުގައި ވަނީ ޝަކުވާވެސް ކޮށްފައި
21:24 އިރާންގެ ނުރައްކާތެރި ހަމަލާއެއް ނަމަވެސް ދިޔައީ ބޭރަށް. ހަމަލާ އައީ ރާއްޖޭގެ ޑިފެންޑަރުން ބީޓްވެގެން
21:24 އިރާން ކުޅުންތެރިޔަކާ ޖަމީލާ ދެމެދު ހަމަނުޖެހުމެއް ހިނގައިފި. އިރާން ކުޅުންތެރިންނަށް އެމީހުންގެ ކުޅުން ކުޅެވޭ ގޮތް އަދި ނުވެފައިވާތީ ހިސާބަކަށް ވަނީ ހޫނުވެފައި.
21:21 އިރާނަށް ވަރަށް ތަނަވަސް ފުރުސަތެއް ލިބިއްޖެ ނަމަވެސް ދިވެހި ދެޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފައި
21:19 އަލީ ކަރީމީގެ ފައުލަކަށް ރާއްޖެއަށް ޖެހުމެއް ލިބިފައި. ދަނޑަށް އިތުރު ފުލުހުން އައިސްފި ސަޕޯޓަރުން ދުރަޖައްސަން އަދިވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ
21:18 އަލީ ކަރީމީ ނުރައްކާތރި ހުރަހެއް ނަގައިދީފި. އެ ބޯޅައަށް އަންސާރީވެސް އެރި
21:17 މެޗްުގެ ފުރަތަމަ 13 މިނެޓް ނިމުނު އިރު އީރާނަށް ގިނަ ޖެހުންތަކެއް ވަނީ ލިބިފައި. ކުޅުމުގައި މާ ބޮޑު ތަފާތުތަކެއް ނުފެނޭ. އިރާނަށް ލިބޭ ހިލޭ ޖެހުންތައް މަދު ކުރުމަށް ރާއްޖެ ވަނީ ސަމާލުވާން ޖެހިފައި
21:16 އިރާންގެ ކަރީމީ އޭރިއާތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އަކުރަމަށް ފައުލްކޮށްފި. އަލީ ކަރީމީއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް
21:15 މިރޭ އުމޭރު ފެންނަމުން ދަނީ ޓީމްގެ ޑިފެންޑިން މިޑްފީލްޑަރެއްގެ ގޮތުގައި.
21:14 އީރާންގެ ދެކުޅިންތެރިން ބީޓްކޮށްފައި ދެންމެ އަޝްފާގު ވަން. މިހާރު އީރާނު ކުޅެމުން ދަނީ
21:13 ބަކާގެ ފައުލަކުން އިރާނަށް ޖެހުމެއް. ރާއްޖޭގެ ހަފުގެ ތެރެއިން. އީރާނުން ފޮނުވާލި ބޯޅަ އިމްރާން ހޯދައިފި
21:12 ޖަލާލު ހުސައިން އަށް އަޝްފާގު ހަމަލާ ދިން ކަމަށް ބަލައި ޖެހުމެއް އީރާނަށް. ޖަލާލުގެ ކިބައިން މޮޅު ކުޅުމެއް ދަނީ ފެންނަމުން .
21:09 އިރާނަށް ދެވަނަ ކޯނަރު ލިބިފައި. އީރާނުގެ ހަމަލާ ދިޔައީ މާމަތިން. ހަމަލާ ފޮނުވާލީ ޖަލާލު ހުސައިން
21:09 ކުޅިވަރުގެ ރޫހާ ހިލާފު ބައެއް އަމަލުތައް ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާތީ ފުލުހުން ދަނީ ހަރަކާތްރިވަމުން އެބަދޭ.
21:08 ރާއްޖެއިން މެޗުގެ ތެރެއަށް ރަނގަޅަށް ވަދެވޭތޯ މަސައްކަތް ކުރަމުން އެބަދޭ. އީރާނަށް ޖެހުމެއް
21:08 އަޝަފާގަށް ހަމަލާ ދިނިމުން ޖެހުމެއް ރާއްޖެއަށް ލިބިއްޖެ . ޖަހަނީ އުމޭރު
21:07 ރާއްޖެއަށް ކޯނަރެއް. އަސްފާގާއި އަސްއަދާއި މުހުތާރު އުފެއްދި ހަމަލާއެއް. ކޯނަރު ނަގައިދިނީ އަޝްފާގު
މެޗުގައި އަދި އެދެވޭ ކުޅުމެއް ދިވެހި ޓީމުގެ ކިބައިން ފެނިގެނެއް ނުދޭ. މިހާރު ރާއްޖެއަށް ޖެހުމެއް ލިބިފައި
21:05 އީރާނަށް ޖެހުމެއް ލިބިއްޖެ އަޑުބަރޭގެ ފައުލަކުން
21:04 އީރާން ރާއްޖޭގެ ހަފުގެ ތެރޭގައި ކުޅެމުންދަނީ. އީރާނުން ބަލަމުން ދަނީ ބޮޑަށް ރާއްޖޭގެ ދެ އަރިމަތިން ކުޅުމަށް
21:02 މެޗު ފަށައިގެން ކުރިޔަށް ދަނީ
21:02 ގުރު ދިމާވެގެން އިރާން ޓީމް މަޖީދީ މަގާވީ ކޮޅުގައި، މެޗު ފަށައިދެނީ ރާއްޖެއިން . އީރާނު ޓީމުން ނުކުމެފައި ވަނީ އިރާންގައިވެސް ނުކުތް ފުރަތަމަ އެގާރަ. އަދިވެސް ދަނޑަށް މީހުން ވަންނަމުން ދަނީ
21:00 މިރޭގެ މެޗްގެ ރެފްރީއަކީ ސައުތު ކޮރެއާގެ ރެފްރީއެއް
20:59 މިހާރު ރާއްޖޭގެ ގައުމީ ސަލާމް ކުޅެނީ
http://sun.mv/albums/l_1378.jpg
20:58 މިހާރު އީރާންގެ ގައުމީ ސަލާމް ކުޅެމުންދަނީ
20:56 ދެޓީމް ދަނޑަށް ނުކުމެއްޖެ. މިރޭގެ މެޗް ޝަރަފުވެރިކޮށްދެއްވަނީ ރައްްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު
20:46 އަދިވެސް މީހުން ވަންނަމުން ދަނީ. މިހާރު ވެސް ސަޕޯޓް ދެމުން ދަނީ
20:46 މިމެޗްުގައި 10000 ޓިކެޓް ގާތްގަނޑަކަށް ވިއްކާފައިވޭ. ވަރަށް ގިނަ ބަޔަކު ޓިކެޓް ނުލިބިގެން އެބައުޅޭ
20:41 މިރޭގެ މެޗަށް ދެ ޓީމްވެސް ތައްޔާރުވެފައިވާ ކަމަށް ދެޓީމްގެ ކޯޗުން ވަނީ އިއްޔެ ބުނެފައި
20:37 ދަނޑުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި މީހުން ދަނޑަށް ވައްދަނީ ވަރަށް ބޮޑަށް ބެލުމަށް ފަހު
20:30 މިހާރު ދެ ޓީމްގެ ކުޅުންތެރިން ވެސް ދަނޑުމަތީގައި ވޯމް އަޕް ކުރަމުން އެބަދެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގެ ދެވަނަ ލެގުގައި ދިވެހިރާއްޖެއާއި އީރާން ބައްދަލުކުރާ މެޗް 21:00 ގައި ފަށާނެ އެވެ. ގާތްގަނޑަކަށް 10000 މީހުންގެ ޖާގަ އޮންނަ ގަލޮޅު ދަނޑަށް ވަރަށް ގިނަ އަދަދެއްގެ ދިވެހި މެޗު ބަލަން މިހާރުވެސް ވަދެ އެބަތިއްބެވެ. ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ރަތް ހެދުން ލައިގެން ދަނޑަށް ވެދެ ތިބި ހުރިހާ ދިވެހި ސަޕޯޓަރުންގެ ސަޕޯޓް މިހާރު ވެސް ދަނީ ޓީމަށް ދެމުންނެވެ.
ރާއްޖޭ ޓީމްގެ ފުރަތަމަ އެގާރަ:
25 އިމްރާން މުހައްމަދު
17 ޝާފިއު އަހުމަދު
8 މުހައްމަދު ޖަމީލް
19 އަކުރަމް އަބްދުލް ޣަނީ
14 އަހުމަދު ސައީދު )އަންމަޓީ(
6 މުހައްމަދު އާރިފު )ބަކާ(
4 މުހައްމަދު އުމައިރު
5 އިބްރާހިމް ފަޒީލް )އޮއްޕޮ(
23 މުހުތާރު ނަސީރު )ޓޫކިލޯ(
10 އައްސަދު އަލީ )އަޑުބަރޭ(
7 އަލީ އަސްފާގު، ދަގަނޑޭ )ކެޕްޓަން(
އިރާން ޓީމްގެ ފުރަތަމަ އެގާރަ:
1 ސައީދު ރަހުމަތީ )ގޯލް ކީޕަރު(
2 ޚޮސްރޯ ހައިދަރީ
4 ސައީދު ހުސައިނީ
5 ހާދީ އާގިލީ
8 އަލީ ކަރީމީ )ކެޕްޓަން(
9 މުހައްމަދު ހަލަތު ބާރީ
10 ކަރީމް އަންސާރީ ފަރުދު
15 ގާސިމް ހައްދަދިފާރު
16 ހާދީ ނަރޯޒީ
17 މަޒިޔާރު ޒާރޭ
23 މެހެދާދު ޕޫލާދީ
ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާގައި ކުޅުނު މެޗުގައި އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހިތާ 14 އަހަރު ފަހުން އީރާންގެ ވެރިރަށް ތެހެރާންގެ އަޒާދީ ސްޓޭޑިއަމްގައި މިދިޔަ ހޮނިހިރު ދުވަހު މި ދެ ޓީމު ކުރިމަތިލިއިރު ރާއްޖެ އަތުން އީރާން މޮޅުވީ 4-0 އިންނެވެ.
ފުރަތަމަ ލެގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އީރާންގެ ވެރިރަށް ތެހެރާންގެ އާޒާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރާއްޖޭގެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އީރާންގެ ފުރަތަމަ ގޯލް ރާއްޖޭގެ ގޯލްދާނގަޑުގައި ތަތްކޮށްލީ މެޗްގެ ތިން ވަނަ މިނެޓްގައި ފޯވާޑް ކަރީމް އަންސާރީ އެވެ. މެޗްގައި އީރާނުން ރާއްޖެ ކޮޅަށް ޖެހި އަނެއް ތިން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގައެވެ.
ފުރަތަމަ ބުރުން މޮޅުވާ އަށް ޓީމާ އެކު ދެވަނަ ބުރުން ޖާގަ ދީފައިވާ 22 ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިހާރު ބަލިވެފައިވުމުން ބުރާސްފަތި ދުވަހުގެ ރޭ އީރާން ބަލިކުރަން ރާއްޖެއަށް މަޖުބޫރެވެ. ރާއްޖެ އަށް އޮތީ މަރު ނުވަތަ ދިރުމެވެ.
ތިން ވަނަ ބުރަށް ދިއުމުގެ ފުރުޞަތު ރާއްޖެއަށް ހަނިވެފައި ވާއިރު، ބުރާސްފަތި ދުވަހުގެ މެޗުން ރާއްޖެ މޮޅުވަންޖެހޭނީ 5-0 ލަނޑުންނެވެ. އެނަތީޖާ ރާއްޖެއަށް ނެރެވިއްޖެނަމަ މުބާރާތުގެ ތިން ވަނަ ބުރަށް ރާއްޖެ ކޮލިފައިވާނެ އެވެ.
ތިން ވަނަ ބުރުގެ ނުވަތަ ފުރަތަމަ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ 15 ޓީމަކަށެވެ. ތިން ވަނަ ބުރުގައި މި 15 ޓީމާއި ސީޑުކޮށްފައިވާ ގަދަ ފަސް ޓީމު ފަސް ގުރޫޕަކަށް ބަހާލުމަށް ފަހު ހޯމް އެންޑް އަވޭ އުސޫލުން ގުރޫޕް މެޗުތަކެއް ކުޅޭނެ އެވެ.
ގްރޫޕް ސްޓޭޖްގެ މި ބުރުން ކޮންމެ ގްރޫޕެއްގެ އެކަކާއި ދެ ވަނަ ޓީމު ދެ ވަނަ ގްރޫޕް ސްޓޭޖަށް ދާނެ އެވެ. މިއީ އޭޝިއާގެ ކޮލިފައިންގެ ހަވަރު ވަނަ ބުރެވެ. މި ބުރަށް ކޮލިފައިވާ 10 ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު، ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަނަ ޓީމު ވޯލްޑް ކަޕަށް ހޮވޭނެ އެވެ. އަދި ދެ ގުރޫޕުން ތިން ވަނަ އަށް ދާ ދެ ޓީމު ފަސް ވަނަ ބުރުގައި ވާދަކުރާނީ ވޯލްޑް ކަޕުގެ ޖާގައެއް ލިބޭ ޕްލޭއޮފް މެޗުން ފުރުސަތު ހޯދުމަށެވެ.
އީރާން އާއި ރާއްޖެ މިހާތަނަށް ފަސް މެޗުގައި ވާދަކުރިއިރު ރާއްޖެ ކޮޅަށް އީރާނުން ވަނީ 41 ލަނޑު ޖަހައިފަ އެވެ. ރާއްޖޭގެ ސީނިއާ ޓީމަށް އީރާން ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2000 ވަނަ އަހަރު ސީރިއާގައި ކުޅުނު މެޗުގައި އީރާން އަތުން ރާއްޖެ ބަލިވީ 8-0 އިންނެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ.
ދެހާސް ދިހަ ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުން ރާއްޖެ ކެޓީ ޔަމަނާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓުން 3-2 އިން ބަލިވެގެންނެވެ. ފުރަތަމަ ލެގުގައި ޔަމަނުގައި ރާއްޖެ 3-0 އިން ބަލިވިއިރު މާލޭގައި ރާއްޖެ މޮޅުވީ 2-0 އިންނެވެ.