ގެޓްއަވޭސްއިން ބާއްވަމުން އަންނަ ގެސްޓްހައުސް އިތުރަށް ފުރިހަމަކޮށް ޓްރޭޑް ބޭސްޑް ކޮންސެޕްޓް އެއް ގޮތަށް ގެންދިއުމަށް ޓަކައި އަންނަ އަހަރު ގެސްޓްހައުސް އެކްސްޕޯ ބާއްވަން މޯލްޑިވްސް ގެޓްއަވޭސް އިން ނިންމައިފި އެވެ.

މޯލްޑިވްސް ގެޓްއަވޭސް އިން ވަނީ އިއްޔެ ޕެރަޑައިސް އައިލްނެޑް ރިސޯޓްގައި ގެސްޓްހައުސް ކޮންފަރެންސް 2017 ބާއްވައިފަ އެވެ.

އެ ކޮންފަރެންްސްގައި ގެޓްއަވޭސް އިން ވަނީ އަންނަ އަހަރު ކޮންފަރެސްގެ ބަދަލުގައި ގެސްޓްހައުސް އެކްސްޕޯ ބާއްވާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. އަދި ގެސްޓްހައުސް އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނި އެ އަހަރުގެ މޭ މަހުގައި ކަމަށް ވެސް ގެޓްއަވޭސްއިން ބުންޏެވެ.

ގެސްޓްހައުސް މާކެޓަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2020 ވަނަ އަހަރުގެ ނިޔަލަށް ފަސް ލައްކަ ޓޫރިސްޓުންނަށް އިތުރު ކުރުމަށް ޓަކައި ބޭއްވި އެ ކޮންފަރެންސްގައި ގެސްޓްހައުސްގެ ދާއިރާ އިތުރުރަށް ތަރައްގީގޮށް ކުރިއެރުވުމާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމާ ބެހޭ ގޮތުން ވަނީ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.