ސޯސަން މަގުގައި ހުންނަ ސިޓީ ބޭކަރީ ގޯޅިގަނޑު ތެރޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިޔާ ވެސް ވަނީ އެ ސަރަހައްދުގައި ހުންނަ ގައެއްގައި ވަރަށް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ.

އަލިފާން ރޯވެފައިވަނީ ހ. ފަހާގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. މިހާރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށުމާއެކު، އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުން ބޭލުމުގެ މަސައްކަތް ކޮށްފައިވެއެވެ.

އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ. އެމްއެންޑީއެފުން ބުނީ، އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.