ގެސްޓްހައުސް ކޮންފަރެންސްގައި ދޭ "ޓޮޕް އައިލެންޑް އެވޯޑް" އދ. ދިގުރަށް އަދި ވ. ފުލިދުއަށް ލިބިއްޖެއެވެ.

މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ރާއްޖޭގެ ގެސްޓްހައުސް ތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ގެސްޓްހައުސް ކޮންފަރެންސްގައި ވަނީ 2016 ވަނަ އަހަރުގެ ގެސްޓްހައުސްގެ ވިޔަފާރީގައި އެންމެ ރަނގަޅު ރަށުގެ ގޮތުގައި ދިގުރަށް އަދި 2017 ވަނަ އަހަރުގެއެންމެ ރަނގަޅު ރަށުގެ ގޮތުގައި ފުލިދޫ ފާހަގަކޮށް އެވޯޑް ދީފައެވެ.

"ޓޮޕް އައިލެންޑް އެވޯޑް 2016" ދިގުރަށް އަދި ފުލިދުއަށް ލިބުމުން އެކަމުގެ އެވޯޑް ހަވާލުކުރަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ެއެ ދެ ރަށަކީ ގެސްޓްހައުސް ހިންގުމުގައި 2016 އަދި 2017 ވަނަ އަހަރު ފޭސްބުކް މެދުވެރިކޮށް ނެގި ވޯޓުން އެންމެ ރަނގަޅު ދެ ރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ ދެ ރަށް ކަމަށް ގެޓްއަވޭސް އިން ބުންޏެވެ.

މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ގެސްޓްހައުސް ކޮންފަރެންސްގައި 170 ގެސްޓްހައުސް އަކާއި 250 ޓްރެވަލް އެޖެންޓުން ބައިވެރިވިއެވެ.

ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވި ޕާޓްނަރުން ވަނީ ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުނަގާ ތަފާތު އިނާމްތައް ވެސް ހަވާލު ކޮށްފައެވެ.