އިއްޔެއަކީ ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ عليه السلام މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެންނެވި ތާރީހީ ހިޖުރައަށް 1439 އަހަރު ފުރުނީއެވެ. ސެޕްޓެމްބަރު 21 އަކީ މުޅި ދުނިޔޭގައި ފާހަގަ ކުރާ މަސަތްކަތްކުރާ ސުލްހައިގެ ދުވަހެވެ. ހަނގުރާމަވެރި ޖަމާއަތްތަކާއި ގައުމު ތަކުގެ ހަނގުރާމަތަކުގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވި ދުވަހަކީ އެއީ އެވެ.

ރާއްޖޭގެ ސިޔާސީ އޮއިވަރުގެ ސަރުކާރާއި އެއްކޮޅަށާއި ދެކޮޅަށް ތިއްބެވި، ސިޔާސީ ދެ ބޭފުޅަކަށް އިއްޔެ ވަނީ އުފާވެރި ހަބަރެއް ލިބިފަ އެވެ. ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް އިއްޔެ ވަނީ ފިރިހެން ދަރިއަކު ލިބިވަޑައިގެންފަ އެވެ.

އިމްރާނަށް ފިރިހެން ދަރިއަކު ލިބިވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ ތިބެނީ އަންހެން ހަތަރު ދަރިންނެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް އިއްޔެ ވަނީ އަންހެން ކުއްޖަކު ލިބިވަޑައިގެންފަ އެވެ. އެއީ 17 އަހަރު ފަހުން އޭނާއަށް ދަރިއަކު ލިބުނު ފުރަތަމަ ފަހަރު އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، އެ ދެ ބޭފުޅުންނަށް ވެސް ސިޔާސީ ދެފިކުރުގެ ބޭފުޅުން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމާއެކު ޕީޕީއެމްގެ ރުމާލް 2 ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މަހެއްހާ ދުވަހަށް އޭނާ ސިޔާސީ މަސްރަހުން ގެއްލިދާނެ ކަމަށާއި އެއީ 17 އަހަރަށް ފަހު އޭނާގެ އަނބިކަބަލުން މަރިޔަމް ރޯޒްލީ ވިހެއުމަށް އަވައްޓެރި ސްރީލަންކާއަށް ދިއުމަށް ކަމަށެވެ.

ރޭ 10:30 ކަންހާއިރު އިމްރާންގެ އަނބިކަބަލުން މަރިޔަމް ރީމްއަށް ލިބިވަޑައިގަތީ ފިރިހެން ދަރިކަލެކެވެ. އަނބިކަބަލުންނާއި ދަރިކަލުން އައިޖީއެމްއެޗުގައި އޮންނެވިއިރު ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އިމްރާން ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ. ނަމަވެސް މީގެ ކުރިން ހަތަރު އަންހެން ދަރިން ލިބިވަޑައިގެންފައިވާ އިމްރާނަށް އަލަތު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވުމާއެކު ކަރެކްޝަނަލް ސާވިސްއިން ވަނީ އިމްރާން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.