މަޖާކޮށް ހިތްހަމަ ޖައްސާލުމަށް މޫދަށް ދިއުމަކީ ވަރަށް ގިނަ ދިވެހިން އާންމުކޮށް ކޮށްއުޅޭކަމަކެވެ. މިއީ ސިއްހީގޮތުން ވެސް ވަަރަށް ގިނަ ފައިދާތަކެއް އޭގެން ލިއްބައެިޑެ ކަމެމެކެވެ.

އިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި ތަފާތު ބަލިތަކުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގެ ގޮތުން މޫދަށް ދިޔުމަށް ޑޮކްޓަރުން ބަލި މީހުންނަށް އިރުޝާދުދީ ހަދައިފައިވެ އެވެ. އަދި މޫދަށް ގޮސް ހޭދަކުރަންވީ ކިހާ ވަގުތެއްކަން ވެސް ޑޮކްޓަރުން ބުނެދީފައި އެބަހުއްޓެވެ.

މޫދުފެން ބޭނުންކޮށްގެން ސިއްހީ ފަރުވާ ދިނުމަށް ސައިންޓިފިކް ގޮތުން ކިޔާނަމަކީ ތަލަސޯތެރެޕީއެވެ.

1769 ވަނަ އަހަރު ބްޜިޓިޝް ޑޮކްޓަރަކު އޭނާ ލިޔުނު ތީސީސްގައި ވަނީ މޫދުފެން ބޭނުންކޮށްގެން ހަށިގަނޑުގައި ހުންނަ ގްލޭންޑްސްތަކަށް ޖެހޭ ބަލިތައް ކަމަށްވާ ސްކާވީ އަދި ޖޯންޑިސް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އޭގެ އިތުރުން މޫދު ފެން ބުއިމަށާއި އަދި މޫދުގައި ފެތުމަށް ވެސް އޭނާ ވަނީ ބުންޏެވެ.

މޫދުގައި ވަަރަށް ގިނަ މިނަރަލްސްގެ ބާވަތްތައް ހިމެނޭ--

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް ވަަރަށް ގިނަ ސްޕާ ރިސޯޓްތައް ހުންނަނީ މޫދުކައިރީގައެވެ.

މޫދުގައި ފެތުމުން ލިބޭ ފައިދާތައް

ހަމުގެ މައްސަލަތަކަށާއި އަދި ފާރުތަކަށް ފަރުވާއެއް

މޫދުގައި ގިނައަދަދަކަށް ތަފާތު މިނަރަލްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ސޯޑިޔަމް، ކްލޮރައިޑް، ސަލްފޭޓް، މަގްނީޒިއަމް އަދި ކެލްސިއަމް ހިމެނެއެވެ. އެހެންކަމުން ސޮރޯސިސް ފަދަ ހަމުގެ ބަލިތަކަށް މޫދު ފެނަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ.

ސޮރޯސިސް ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑުގެ ރަނގަޅަށް ހުންނަ ސެލްތަކަށް ހަމަލާދީ ހަލާކުކޮށްލައެވެ. ސޮރޯސިސް ޖެހިފައިވާ ގިނަމީހުން ބުނާގޮތުގައި މޫދަށް އެރުމުން އެމީހުންނަށް ލުއިލިބެއެެވެ.

ސޮރޯސިސްގެ އިތުރުން އެކްޒިމާ ޖެހިފައިވާ މީހުންނަށް ވެސް މޫދު ފެނުން ތަފާތު ފައިދާތައް ލިއްބައެިދެއެވެ. އެކްޒިމާ ޖެހިފައިތިބޭ މީހުންނަށް އާންމުކޮށް ކްލޮރިން އަލާފައި ހުންނަ ޕޫލްތަކުގައި ފެތުމުން ވަރަށް އުނދަގޫ ވެއެވެ.

މޫދުގައި ފެތުމަކީ އަރިދަފުސް ރޯގާފަދަ ބަލިތަކަށް ވެސް ފަރުޥާއެއް--

މޫދުގައި ގިނައަދަދަަކަށް މެގްނީޒިއަމް ހިމެނޭތީވެ އެކްޒިމާ ޖެހިފައިތިބޭ މީހުންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރެއެވެ.އަދި ހަންގަޑު ހިކުމުން ދުރުކޮށްދީ އަދި ތެތްކޮށް ބަހައްޓައިދީ ހަދައެވެ.

މޫދު ފެނުގައި ހިމެނޭ އަޔޮޑިން އަދި ސޯޑިޔަމްގެ ސަބަބުން އަވަހަށް ފަސޭހަ ވުމުގައިވެސް އެހީތެރިވެދެއެވެ. ނަމަވެސް ތައައްޔަރުވެފައިވާ ފެނުގައި ފަތާނަމަ ފާރުތަކުގައި އިތުރަށް ޖަރާސީމު އަށަގަތުމުގެ ފުރުސަތުވެސް އޮތްކަން ހަނދާން ކުރަން ޖެހެއެވެ.

އަރިދަފުސް ރޯގާ ހެޖިގެން އަންނަ ހުމާއި އަދި ސައިނަސް ފަދަ ބަލިތަކަށް ލުއި ލިއްބައިދޭ

އަރިދަފުސް ރޯގާ ޖެހި ހުންއައިސް ނޭފަތް ބެދުމުން އެކަންތައް ހައްލުކޮށް އަދި ސައިނަސް ދުޅަވުމުންވެސް ބައެއް މީހުން މިހާރުވެސް ނާސަލް އިރިގޭޝަން ތެރެޕީއެއްގެ ގޮތުގައި ބޭނުންކުރެއެވެ.

މޫދުގައި ފެތުމުން ނޭފަތަށް ލޮނުވަދެ ސައިނަސްގެ ދުޅުމަޑުކޮށްދީ އަދި މުޅީ ނޭވާލާ ނިޒާމު ރަނގަޅުކޮށް ދިނުމުގައިވެސް އެހީތެރިވެދެއެވެ.

ސިކުނޑިއަށް އަރާމު ލިއްބައިދޭ

މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ވޮލޭސް ޖޭ ނިކޮލަސް އޭނާ ލިޔުު ބްލޫ މައިންޑް ގައި ބުނި ގޮތުގައި ފަތާއިރު ނޭވާޔަށް އަންނަ ބަދަލުގެ ސަބަބުން ހަށިގަނޑުގެ ނާރުގެ ސިސްޓަމް ރަނގަޅަށް މަސައްކަތްކޮށްދިނުމަށް އެހީވެދީ ހޯމޯންސްތައް ރަނގަޅަށް ދައުރުކޮށްދިނިމުގައި އެހީވެދެއެވެ.