21 Sep 2017, 19:21
ދ. ހުޅުދެލި ކައިރީ އޮންނަ ފަޅެއްގެ ތެރެއިން އިއްޔެ ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ އެ ސަރަހައްދުގައި ފާނައަށް އަށް ގޮސް އުޅުނު ބަޔަކަށް ފެނުނު އެ މީހަކީ ފިރިހެނެއް ކަމަށާއި ތަހްގީގައް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އޭނާ މިހާރު ވަނީ ވަޅުލާފައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މީހާ ވަޅުލާފައިވަނީ ކުޑަ ހުވަދޫ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ކަމަށާއި އޭނާ ފެނުނު އިރު ވެސް ވަނީ ވަރަށް ބޮޑަށް ކުނިވެ ހަށިގަނޑު ހަލާކުވެފައި ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހްގީގް ކުރަމުން އަންނައިރު އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް އަދި ކަށަވަރު ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.