ގެއްލިގެން ހޯދަމުން ދިޔަ އިންޑިޔާ އަށް ދިޔަ ދިވެހި ފިރިހެން މީހާ ފެނިއްޖެއެވެ.

ޓްރިވަންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް "ސަން" އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ސ. ހިތަދޫ 87 އަހަރުގެ އަބްދުﷲ މަނިކުފާނު ފެނުނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:00 އެހައިކަންހާއިރު ޓްރިވެންޑްރަމްގެ ބިގްބާޒާރު ކައިރިން ކަމަށެވެ.

ފެނުނު އިރު އޭނާގެ ހާލު ރަގަޅުކަމަށްވެސް އަލީ އާދަމް ވިދާޅުވިއެވެ.