28 Jul 2011, 13:22
ބައެއް މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީގެ ސައްހަކަން ބެލުމަށް ވަރަށް ގިނަ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހަޅަމުން އަންނަ ކަމަށާއި ނަމަވެސް ވެރިފަރާތުގެ ރުހުން ނެތި އެކާޑެއްގެ ސައްހަކަން ބަލައިނުދޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
އެޑިޕާޓްމަންޓުން މިއަދު ބުނި ގޮތުގައި އެގޮތަށް ހަމަޖެއްސީ އައިޑީކާޑުގެ ވެރިފަރާތުގެ ރުހުން ނެތި އެފަރާތެއްގެ ކާޑުގެ ޝައްހަކަން ބެލުމަށް އެޑިޕާޓްމަންޓަށް ހުށަހަޅަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނާތީ ކަމަށާއި މީގެފަހުން އެ ޑިޕާޓްމަންޓަށް ހުށަހަޅާ އައިޑީ ކާޑުތައް ޓެސްޓްކޮށްދޭނީ އެކާޑެއްގެ ވެރިފަރާތަކުން އެޑިޕާޓްމަންޓަށް ހާޒިރުވެ، އެ ފަރާތެއްގެ އައިޑީކާޑުގެ އަސްލާ އެކު ކާޑުގެ ކޮޕީ ހުށަހަޅަން ބޭނުންވާ ކަމުގެ ލިޔުންތައް ހުށަހަޅުމުން ކަމަށެވެ.
އައިޑީކާޑުގެ ވެރިފާރާތުން ހާޒިރުވެވެން ނެތް ނަމަ އެކާޑެއްގެ ވެރިފާރާތެއްގެ ސިޓީއެއް އެފަރާތެއްގެ އިނގިލީގެ ނިޝާނާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ނޭޝަނަލް ރެޖިސްޓްޜޭޝަނުން ބުނި ގޮތުގައި ކާޑުގެ ކޮޕީގެ ސައްޙަ މިންވަރު ބަލައިދެވޭނީ އެފަހަރަކު ބޭނުންވާ ކަމަކަށް ބޭނުންވާ މިންވަރަކަށެވެ.