އިންޑިއާގެ ޓްރިވެންޑްރަމް އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޓްރިވަންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް މިއަދު "ސަން" އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ ސ. ހިތަދޫ 87 އަހަރުގެ އަބްދުﷲ މަނިކުފާނު ކަމަށެވެ.

"މިއަދު ހެނދުނު 8:50ގައި އޭނާގެ ދަރިފުޅު ގުޅާފައި ރިޕޯޓް ކުރީ. އިއްޔެ އިރުއޮއްސި 6:00 އިރު އޭނާ ގެއްލިފައި ވަނީ. ދަރިފުޅު ބުނީ އޭނާ ދިޔައިީ މަންމަ އާއި ބައްފަ ގޭގައި ބަހައްޓާފައި ހޮސްޕިޓަލް އަށް ކަމަށް. ގެއަށް އައި އިރު ބައްޕަ ނެތް ކަމަށް އޭނާގެ ދަރިފުޅު ބުނި." އަލީ އާދަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ބުނީ ފުލުހުންނާ ގުޅިގެން މިހާރު އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.