21 Sep 2017, 17:01
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ގެސްޓްހައުސް މޯލްޑިވްސްއަށް ވާނެޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ގެޓްއަވޭސް އިން ބުނެފިއެވެ.
އެގޮތުން މިފަހަރު ގެސްޓްހައުސް މޯލްޑިވްސްގެ ސްޕީކާސްގެ ގޮތުގައި ހަމަޖައްސާފައިވާ އެކްސްޕީޑިއާ އިންކުން ރާއްޖޭގެ ސީނިއާ މާކެޓް މެނޭޖަރު އަބޭ ކަންނާ، ޕާލޭ މޯލްޑިވްސްގެ ޗެއާޕާސަން ޝާހިނާ އަލީ، ބުކިން.ކޮމްގެ ދެ އެކަނއުންޓް މެނޭޖަރު ކަމުގައިވާ އައިޝަތު ޖަޔާވަރޑެނާ އަދި ޕެމިންޑީ ގެމެޖް، އެކޯ ހޮޓެލްސް މޯލްޑިވްސްގެ ޓެލެންޓް އެންޑް ކަލްޗާގެ ޑިރެކްޓަރު ވައިބަވް ގާޖުގެ އިތުރުން އިތުރު ދެ ފަރާތެއްގެ ނަން ގެޓްއަވޭސްއިން ވަނީ ހާމަ ކޮށްފައެވެ.
ގެޓް އަވޭސްއިން ބުނީ މިފަހަރުގެ ގެސްޓްހައުސްގައި މި ބޭބޭފުޅުންގެ ވާހަކައިން ފައިދާހުރި އެތަށް މައުލޫމާތުތަކެއްލިބި ގެސްޓްހައުސް ކޮންފަރެންސް 2017 އަށް އިތުރު ފުރިހަމަކަމެއް ލިބިގެންދަނެކަމަށެވެ. އަދި މީގެ ސަބަބުން ގެސްޓްހައުސް ކޮންފަރެންސަށް އިތުރު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށްވެސް ގެޓްއަވޭސްއިން ބުންޏެވެ.
މިފަހަރުގެ ގެސްޓްހައުސްގައި އިތުރަށް ބައިވެރިވާ ބެފުޅުންގެ ތެރޭގައި ވުމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން މޯލްޑިވްސްގެ ޗެއާޕާސަން ޝާއިރާ ސަލީމް ބައިވެރިވެ، ފަތުރުވެރިން ރާއްޖޭގެ ސަގާފަތާ ބެހޭގޮތުން ހޯދައި އެއަށް ހިތްޖެއްސުމަށް ކުރާނެ ކަންތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބަޔަށް ސަގާފަތް ހެދިދާނެ ގޮތާބެހޭގޮތުން ވާހަކަދައްކަވާނެކަމަށްވެސް ގެޓްއަވޭސް އިން ބުންޏެވެ.
ގެސްޓްހައުސް މޯލްޑިވްސްގެ އެންމެ ފަހު ސްޕީކަރެއްގެ ގޮތުން ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އޮފް މޯލްޑިވްސް ޝޮކޯ ނޯޑާ ވާހަކަފުޅު ދައްކަވާނެއެވެ. އޭނާގެ ވާހަކައިގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިއްމުކަމާއި އޭގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާނެ ފައިދާ އާއި ބެހޭގޮތުން ވާހަކަ ދައްކާނެކަމަށްވެސް ގެޓްއަވޭސް އިން ބުންޏެވެ.
ކޮންފަރެސްގައި ޖުމްލަ 200 ގެސްޓްހައުސްއެއްގެ ވެރިންނާއި މެނޭޖަރުން އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާއިރު، ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތައް ކަނޑައަޅާނީ ވަކި ޝަރުތުތަކެއް ހަމަވެ، އެކަން ވެރިފައި ކުރެވިގެން ކަމަށް ގެޓްއަވޭސްއިން ބުންޏެވެ.
ގެސްޓް ހައުސް މޯލްޑިވްސް ކުރިޔަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 ން ހަވީރު 5:00 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.