21 Sep 2017, 09:59
ސާރާ އަލީ ހާންގެ ފުރަތަމަ ފިލްމު، "ކެދާރްނާތު"ގެ ޝޫޓިން ފެށިގެން ކުރިއަށް ދަނީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ.
މަޝްހޫރު ފިލްމީ ބަތަލު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި ޝުޝާންތް ހަރަކާތްތެރިވާ އިރު މިފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މިއީ ސާރާގެ އެންމެ ފުރަތަމަ ފިލުމުކަން ވެސް ފާހަގަކޮށްލެވެ އެވެ.
ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ސާރާގެ ސަބަބުން ފިލްމުގެ ޝޫޓިންއަށް އެތަކެއް އުނދަގޫތަކެއް ދިމާވަމުން އަންނަ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.
އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ފިލުމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ބުނީ ލަހުން ޝޫޓިންއަށް އައުމާއި ގިނަ ވަގުތު މޭކަޕް ކުރުމުގައި ސާރާ ވަގުތު ހޭދަކުރާ ކަމަށެވެ. މޭކަޕްކޯށް ނިމުމުން މީހުންނަށް ފޮޓޯ ފޮނުވާ ވާހަކަ ވެސް ފިލުމުގެ ޑައިރެކްޓަރު ބުންޏެވެ.
"އަސްލު ވަރަށް ދަތިވޭ މިކަހަލަ ކަންތައް ވާތީ. އެތައް ފަހަރެއްގެ މަތިން އޭނާއާ ވާހަކަ ވެސް ދެކެވިއްޖެ. އެކަމަކުވެސް އުޅުމަށް ބަދަލެއް ނައި. ފިލުމު ސެޓުގައި ވެސް އޭނާ އުޅެނީ ބޭނުންހާ ގޮތަކަށް. އެހެން މީހަކަށް ބެލުމެއް ނެތި،" އަބީޝޭކް ބުންޏެވެ.
އަންނަ އަހަރުގެ ޖޫން މަހުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލުމަކީ 'އިމޯޝަނަލް' ފިލުމެކެވެ.